ޖެނޮސައިޑް ހިންގާފައިވާ ޣައްޒާއަށް ޓްރަމްޕްގެ "ޕީސް ކައުންސިލް" އާއި ބައިނަލްއަގްމީ ސިފައިންގެ ބާރެއް ވަނުމަށް ުަހޫދީ ރެޖީމްގެ ކެބިނެޓްގެ ކޮމިޓީއަކުން އާދީއްތަ ދުވަހު ހުއްދަ ދީފިއެވެ.
މި ބައިނަލްއަގްމީ ބާރަކީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި، ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޕްލޭންގެ ބައެކެވެ. މި ޕްލޭންގައިވާ ގޮތުން، ޣައްޒާގައި ވަގުތީ އިންތިގާލީ މަރުހަލާ މެނޭޖްކުރުމަށާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ބައިނަލްއަގްމީ ސުލްހަ ބަލަހައްޓާ ބާރެއް ބާއްވަން ޖެހެއެވެ. ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ "ޕީސް ކައުންސިލް" އަކީ ސުލްހައިގެ އޮނިގަނޑު ތަންފީޒުކުރުމުގެ ޒިންމާ އުފުލާ އިދާރާއެކެވެ.

މުސްލިމުން ޓްރަމްޕަށް ޣައްޒާ ވިއްކާލި ސުލްހައިގެ ނަމުގައި ބޭއްވި ބައްދަލުވުން!
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު ވޮޝިންޓަނަށް ފުރުމުގެ ކުރިން މި ނިންމުން ނިންމާފައިވާއިރު، އޭނާ އަންގާރަ ދުވަހު ރައީސް ޓްރަމްޕާ ބައްދަލުކޮށް އިތުރަށް މަސްރަހު ގޯސް ކުރުމަށް ސައްލާ ކުރާނެއެވެ.
އިޒްރޭލުން ވަނީ ޖެނޮސައިޑް ހިންގުމަށްފަހު ޣައްޒާގެ 70 ޕަސެންޓް ކޮންޓްރޯލު ނަގައި ފަސްބާޑި ޖަހައި ފަލަސްޠީނު މީހުންނަށް ނު ވަދެވޭ ސަރަހައްދުތައް ކަނޑައަޅާފައެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، މި ނިންމުމުގެ ދަށުން ޕީސް ކައުންސިލަށް ހާއްސަ ދަރަޖައެއް ދީ، ޖެނޮސައިޑް ހިންގާފައިވާ ޣައްޒާގެ އަސާސީ ހިދުމަތްތައް އަލުން ގާއިމުކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަމާސްގެ ބާރުކަނޑުވާލާފައިވާ ސަރަހައްދުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް އިސްރާއީލުން ވަނީ ރުހުން ދީފައެވެ.
މި މަސައްކަތް ފަށާނީ ރަފަޙުންނެވެ. ރަފަހައަަކީ ޣައްޒާއާ ދުރުގައި މިސްރުގެ ބޯޑަރާ ކައިރީގައި އޮންނަ ސިޓީއެކެވެ.، މިއީ ގައްޒާގެ ސަރަހައްދާ ވީހާވެސް ދުރަކަށް މީހުން ގެންގޮސް ޔަހޫދީންނަށް ގައްޒާއަށް ކޮންޓްރޯލު ހިގުމުގެ ރޭވުމެކެވެ.
ޕީސް ކައުންސިލުން ވަނީ އިސްރާއީލުގެ މި ނިންމުމަށް މަރުހަބާ ކިޔައިފައެވެ. އަދި ޕީސް ކައުންސިލްގެ މަންދޫބު ބަލްގޭރިއާގެ ކުރީގެ ބޮޑުވަޒީރު ނިކޮލައި މްލާޑެނޯވް ވިދާޅުވީ، ބައިނަލްއަގްމީ ސިފައިން ޣައްޒާގައި ހަރަކާތްތެރިވުމަކީ ސުލްހަ ގާއިމުކުރުމަށާއި، ހަމާސްގެ ހަތިޔާރު ފޭރިގަތުމަށާއި އަދި ފަލަސްތީނުގެ އިންތިގާލީ ސަރުކާރަކަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ސުލްހަ ބަލަހައްޓާ ސިފައިންނަކީ ޓްރަމްޕަކީ މުސްލިހެއް ކަމަށް ހަދައި އޭނާއަށް ޚުޝާމަދު ކުރި މުސްލިމު ގައުމުތަކުން ފޮނުވާ ސިފައިންގެ ފައުޖުތަކެވެ. މީގެމަގްސަދަކީ އިޒްރޭލާ ދެކޮޅަށް އެއްވެސް ހަރަކާތްތެއް ހިންގިޔަ ނުދީ ހަމާސް ފަދަ ޖަމާއަތްތައް އޮބި އަޅައި ފަލަސްޠީނު މިނިވަން ވިޔަ ނުދިނުމަށް މަސައްކަތް ކުރުމެވެ.
"ޔެޑިއޮތް އަހްރޮނޮތް" ނޫހުން ރިޕޯޓްކުރާ ގޮތުގައި، ރަފަހުގައި އަޅާ ގެތަކުގައި ދިރިއުޅެން ބޭނުންވާ ފަލަަސްޠީނު މީހުން ހަމާސްއާ ގުޅުމެއް ނެތް ކަމަށާއި އިޒްރޭލާ ދެކޮޅަށް މަސައްކަތް ނުކުރާނެ ކަމުގެ ގެރެންޓީ ދޭން ޖެހޭނެއެވެ. އަދި އެކަން ކަށަވަރު ކުރުމަށް ވަރަށް ހަރުކަށި އުސޫލުތަކަކުން ސްކްރީން ކުރާނެއެވެ.
މި ސަރަހައްދުތައް ހިންގާނީ ޓްރަމްޕް އެކުލަވާލާފައިވާ ފަލަސްތީނުގެ "ޓެކްނޮކްރެޓިކް ސަރުކާރަކުން" ކަމަށް ބުނެއެވެ. އަދި އެ ސަރުކާރުގައި ވަގުތީ ގޮތުން އިސްކޮށް ހުންނާނީ ފަލަސްޠީނުގެ ނަބީލް ޝައަސް އެވެ. މިއީ ހުޅަނގު އައްސޭރީގައި ރާމަﷲ ގައި ވެރިކަން ކުޜާ ފަލަސްޠީނުގެ ޒާތީ އިދާރާއާ އަދި ވަކިން އޮންނާނެ އިދާރާއެކެވެ.
އިންޓަނޭޝަނަލް ފޯސްއަށް ހިމާޔަތް
އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކުރާ ގޮތުގައި، ޣައްޒާގެ އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ބައިނަލްއަގްމީ ސިފައިންނަށް އިސްރާއީލުން ހިމާޔަތް ދިނުމަށް ކެބިނެޓުން އެއްބަސްވެފައިވެއެވެ. ނަމަވެސް، މި ލަޝްކަރު ވަނުމަށް ބޮޑުވަޒީރާއި، ދިފާއީ ވަޒީރާއި، އަދި ހާރިޖީ ވަޒީރުގެ ހާއްސަ ހުއްދައެއް ބޭނުންވާނެއެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި، މި ފޯހުގައި ހިމެނޭނީ އިސްރާއީލާ ސުލްހައިގެ އެއްބަސްވުން އޮތް، އިސްރާއީލާ ދުޝްމަން ނޫން ގައުމުތަކުގެ ސިފައިންނެވެ.
ޔައުނީ ތުރުކީ އަދި ޕާކިސްތާން ފަދަ ގައުމުތަކަށް ފުރުސަތެއް ނޯންނާނެއެވެ. އަދި ޔަހޫދީ ރެޖީމަށް ސަނާ ކިޔާ ޔޫގެންޑާ އާއި ޔަހޫދީ ރެޖީމަށް ދީލާލާފައިވާ މޮރޮކޯ ފަދަ ގައުމުތަކުން ގާތްގަނޑަކަށް 200 އެއްހާ ސިފައިން މި ލަޝްކަރުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
މޮރޮކޯއިން ވަނީ މި ބައިނަލްއަގްމީ ބާރުގައި ބައިވެރިވާން 15 ޖުލައި 2026 ގައި ރަސްމީކޮށް އެއްބަސްވެފައެވެ. އެ ގައުމުން އަސްކަރީ އޮފިސަރުންނާއި ފުލުހުން ފޮނުވުމުގެ އިތުރުން، އަސްކަރީ ފީލްޑް ހޮސްޕިޓަލެއް ވެސް ގާއިމުކުރާނެއެވެ.
މޮރޮކޯ ސިފައިންނަކީ ޔަހޫދީ ރެޖީމުން ތަމްރީން ހޯދާފައިވާ ބައެކެވެ.
އިސްރާއީލުގެ ކެބިނެޓްގެ މި ނިންމުމާ ދެކޮޅަށް ބަޔަކު ވޯޓު ލިއެވެ. އޭގެ ތެރޭގައި. ފުލުހުންގެ ޓެރަރިސްޓް ވަޒީރު އިޓަމާ ބެން ގްވީރު ހިމެނެއެވެ.
ޓްރަމްޕްގެ ޕީސް ކައުންސިލާއި ސުލްހަ ބަލަހައްޓ ާބައިނަލްއަގްވާމީ ލަޝްކަރަކީ ވަރަށް މަކަރުވެރި ރޭވުމެކެވެ. މިއީ ފަލަސްޠީނުގެ މިނިވަން ދައުލަތުގެ އުންމީދުތައް ފަނޑުކޮށްލައި ޔަހޫދީންނަށް ޣައްޒާއަށް ބާރު ހިންގުމަށް ފުރުސަތު ދިނުމުގެ ރޭވުމެކެވެ. މިކަމަށް އަރަބި ޒަޔަނިސްޓު މުސްލިމު ގައުމުތަކުން ވަނީ ރުހުން ދީފައެވެ، އަދި ފަލަސްޠީނަށް ސަޕޯޓު ކުރާ ކަމަށް ދައްކާ މުސްލިމު ގައުމުތަކުންވެސް ޓްރަމްޕް ރުއްސަން މިކަމަށް ރުހުން ދިނެވެ.
މިއާއެކު ޔަހޫދީ ރެޖީމަށް ހުޅަނގު އައްސޭރީގައި ޖެނޮސައިޑް ހިންގައި ނަސްލު ސާފުކޮށްލުމަށް ފޯކަސް ކުރުމަށް ފުރުސަތު ލިބޭނެއެވެ.





