ޓިބެޓްގައި ޗައިނާއިން އަޅާ "ސުޕަރ ޑޭމް" އަކީ ނުރައްކާތެރި "ފެން ބޮމެއް"

ޗައިނާއިން ޓިބެޓްގެ ޔާރްލުންގް ސަންގްޕޯ (ބްރަހްމަޕުތުރާ) ކޯރުގައި އަޅަމުންދާ ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯޕަވަރ "ސުޕަރ ޑޭމް" އަކީ ތިރީގައިވާ އިންޑިއާއާއި ބަންގްލާދޭޝްއަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ސައިންސްވެރިން އިންޒާރުދީފިއެވެ.

މި ޑޭމް އަޅަމުންދަނީ ބިންހެލުންތައް ގިނައިން އަންނަ އަދި ނާޒުކު ފަރުބަދަތައް ހުންނަ ސަރަޙައްދެއްގައެވެ. ޗައިނާގެ އަމިއްލަ ސައިންސްވެރިންވެސް ވަނީ އެ ސަރަޙައްދުގެ ބިންގަނޑު ދޫވުމުގެ ސަބަބުން ބިންހެލުމެއް އަތުވެއްޖެނަމަ ބޮޑު ކާރިސާއެއް ހިނގައިދާނެކަމުގެ އިންޒާރުދީފައެވެ.

މިފަދަ ބޮޑު ޑޭމެއް ބިންހެލުމެއްގައި ހަލާކުވެއްޖެނަމަ ނުވަތަ ކުއްލިއަކަށް ފެން ދޫކޮށްލަންޖެހިއްޖެނަމަ، ތިރީގައިވާ މިލިއަންސް ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ފެނުއަޑިއަށް ގޮސް، ބޮޑު އިންސާނީ ކާރިސާއެއް އުފެދޭނެއެވެ. ބައިނަލްއަޤްވާމީ މާހިރުން ދަނީ މިކަމުގައި ޗައިނާއިން މައުލޫމާތު ހާމަކުރުމަށް ގޮވާލަމުންނެވެ.

ހިއްސާ ކުރައްވާ!