ޗައިނާގެ "ދިގު އަތުގެ" ނުފޫޒަށް ސަމާލުވުމަށް ތައިވާނުން އިންޒާރުދީފި

ތައިވާނުގެ މެއިންލޭންޑް އެފެއާޒް ކައުންސިލް (އެމްއޭސީ) އިން ތައިވާނުގެ ރައްޔިތުން ޗައިނާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިންޒާރުދީފިއެވެ. މިއިންޒާރު ދީފައިވަނީ ތައިވާނުގެ ވިޔަފާރިވެރިއަކު ޝަންހާއީއަށް ދިއުމުން، އޭނާ ކުރިން އެމްނެސްޓީ އިންޓަރނޭޝަނަލްގައި މަސައްކަތްކޮށްފައިވާތީ 6 ގަޑިއިރު ވަންދެން ސުވާލުކޮށް ފޯނު ޗެކްކުރި ހާދިސާއަކަށްފަހުގައެވެ.

އެމްއޭސީގެ ރިޕޯޓްތައް ދައްކާގޮތުން 2024 ޖެނުއަރީ 1 އިން ފެށިގެން ތައިވާނުގެ 426 މީހުން ޗައިނާގައި ގެއްލި، ހައްޔަރުކޮށް ނުވަތަ އުޅުމުގެ މިނިވަންކަން ވަނީ ހިފެހެއްޓިފައެވެ. ސެޕްޓެމްބަރު 15 ގައި އަމަލުކުރަން އާ ޤާނޫނުތަކުގެ ދަށުން ޗައިނާއިން ބޯޑަރުތަކުގައި ފާސްކުރުން އިތުރަށް ވަރުގަދަކުރާނެއެވެ.

އިންސާނީ ޙައްޤުތަކާއި ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާތަކުގައި އުޅެފައިވާ މީހުންނަށް ޗައިނާއިން އަމާޒުކުރަމުންދާތީ، ހައި-ރިސްކު މީހުން ދަތުރު ނުކުރުމަށް ނުވަތަ ރަޖިސްޓްރީވެގެން ދަތުރުކުރުމަށް ތައިވާނުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!