ނިއުޔޯކުގެ ގަވަރުނަރު ބޯނިވާ ކުރުމުން ޓްރަމްޕް ފާޑުވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނިއުޔޯކު ސްޓޭޓުގެ ގަވަރުނަރު ކެތީ ހޮކުލް އިސްލާމީ މަރުކަޒަކަށް ކުރެއްވި ޒިޔާރަތެއްގައި ހިޖާބު ތުރުކުރެއްވުމުން އެކަމަށް ނުހުރެއެވެ ފާޑުވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ހޮކުލްއަކީ "ގައުމުގެ އެންމެ ދަށު ދަރަޖައިގެ ގަވަރުނަރު" ގެ ގޮތުގައި ސިފަކުރައްވައި، އޭނާ ބޯ ނިވާކުރެއްވީ މުސްލިމުންގެ ތާއީދު ހޯއްދެވުމުގެ ބޭނުމުގައި ކަމަށް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މެންހެޓަންގެ ޓްރެފިކް ފީތަކާ ގުޅުވައިގެންވެސް ޓްރަމްޕް ވަނީ ގަވަރުނަރަށް ފާޑުވިދާޅުވެފައެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ގަވަރުނަރު ކެތީ ހޮކުލް ވަނީ އިސްލާމޮފޯބިއާ އާއި މުސްލިމުންނާ ދެކޮޅަށް ޓްރަމްޕް ފެތުރާ ނަފްރަތުގެ ޚިތާބުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ހޮކުލް ލިޔުއްވާފައިވަނީ، އިސްލާމީ މަރުކަޒަށް ކުރެއްވި ޒިޔާރަތަކީ އެ ތަނުން އޭނާއަށް ކީ ހޫނު މަރުޙަބާއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށެވެ. އަދި ކޮންމެ ދީނެއްގެ ބަޔަކަށްވެސް އިޙްތިރާމާއެކު މުއާމަލާތު ކުރުމަކީ އެމެރިކާގެ ސަގާފަތުގެ ބައެއް ކަމަށާއި، އެކަމަށްޓަކައި އެއްވެސް އިރަކު މާފަށް ނޭދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮކުލް ނިއުޔޯކުގެ އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ޒިޔާރަތް ކުރައްވައި، ހުކުރު ނަމާދުގެ ބައިވެރިންނާ ބައްދަލުކުރެއްވި ދަނޑިވަޅުގައެވެ. ޓްރަމްޕް ގެ ކާފަރު ބަސްމަގާ އެކު އިސްލާމޮފޯބިއާގެ ބަހުސްތައް އަލުން ވަނީ ހޫނުވެފައެވެ.

ހިއްސާ ކުރައްވާ!