28 އަހަރު ފަހުން ޓެކްސަސް ސްޓޭޓްގެ ސެނެޓްގެ ގޮނޑި ޑިމޮކްރެޓުންނަށް ލިބިއްޖެއެވެ. މި ކަން މުހިންމު ކަމަކަށް ވަނީ މި ސްޓޭޓްގެ ގަވަރުނަރުގެ ގޮނޑިވެސް ޑިމޮކްރެޓުންނަށް ލިބުމުންނެވެ. އަދި މި ސްޓޭޓަކީ މަހާ ސާދާގަރު އެލޯން މަސްކު ގިނަ އަދަދަކަށް ރިޕަބްލިކަން ޕާޓީއަށް ތާއީދު ހޯދުމަށް ފައިސާ އަޅާލި ސްޓޭޓެކެވެ.
މި ސްޓޭޓަކީ މުސްލިމުންނާ ދެކޮޅުވެރިކަން ދައްކައި ގަވަރުނަރް އެބޮޓްގެ ސަރުކާރުން އިސްލާމޯފޯބިއާ ނެގެހެއްޓި ސްޓޭޓެކެވެ.
މިއީ 1988 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޓެކްސަސްގެ ސެނެޓު ގޮނޑި ޑިމޮކްރެޓުން ކާމިޔާބު ވި ފަހަރެވެ.
މި ސްޓޭޓަކީ ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ކޮންޓްރޯލެއް އޮތްސްޓޭޓެކެވެ.




