އިންޑިއާގެ ބޮޑުވަޒީރު ޕާކިސްތާނަށް ވަޑައިގަތުމަށް ދަޢުވަތު އަރުވައިފި

އިސްލާމްއާބާދުގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޕާކިސްތާނުން ދަޢުވަތު އަރުވައިފިއެވެ. އެސްސީއޯގެ ބައްދަލުވުން އިސްލާމްއާބާދުގައި އޮންނާނީ، އޮކްޓޯބަރު 15ން16 އަށެވެ.

މި ބައްދަލުވުމުގެ ކުރިން ވަޒީރުންގެ ބައްދަލުވުމަކާއި އެސްސީއޯގެ މެމްބަރު ޤައުމުތަކުގެ މާލީ، އިޤްތިޞާދީ، އިޖްތިމާޢީ ސަޤާފީ، އަދި އިންސާނީ އެއްބާރުލުން ދިނުމަށް އަމާޒުކޮށްގެން އިސް މަސްއޫލުވެރިންގެ ސިލްސިލާ ބައްދަލުވުންތަކެއްވެސް ކުރިއަށް ދާނެއެވެ.

މިދިޔަ އަހަރުގެ މެއި މަހު އޭރުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ވަނީ އެސްސީއޯގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ދެ ދުވަހުގެ ބައްދަލުވުމުގައި އިންޑިއާއަށް ވަޑައިގެންފައެވެ. އެއީ، 12 އަހަރު ތެރޭގައި އިންޑިއާއަށް ވަޑައިގެންނެވި ޕާކިސްތާންގެ ފުރަތަމަ ޚާރިޖީ ވަޒީރެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް