ތާލިބާންގެ ސަރުކާރުން އަންހެނުންގެ ޢައުރައާމެދު ނިންމާފައިވާ ނިންމުމަށް އދން ފަޑު ކިޔުމުން ތާލިބާން ސަރުކާރުން ރައްދު ދީފިއެވެ. ތާލިބާން އިން ނިންމާފައި ވަނީ އަންހެނާގެ މޫނާ ދެއަތްތިލައާއި އަޑަކީވެސް ޢައުރަ ކަމަށެވެ.
އދ ން އެ ނިންމުމަށް ފާޑު ކިޔުމުން ތާލިބާންގެ އަމްރުބިލް މަޢުރޫފި ވައްނަހީ ޢަނިލްމުންކަރި މިސްޓްރީން ބުނެފައި ވަނީ މިހިސާބުން އދއާއެކު އެ މިނިސްޓްރީން އެއްވެސް ކަމެއްގައި މުޢާމަލާތެއް ނުކުރާނެ ކަމަށެވެ. އަދި އެ މިނިސްޓްރީން އދ ދެކޭނީ ހަތުރެއްގެ ގޮތުގައެވެ.