އިޒްރޭލުން ޣައްޒާ ހަމަލަ މަޑު ޖެއްސުމަށް އީޔޫއިން ގޮވާލައިފި

އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމަށް ރުހުން ދިނުމުން ޔޫރަޕިއަން ޔޫނިއަނުން އިޒްރޭލަށް ގޮވާލާ ފައިވަނީ އަމިއްލަ ނަފްސް ކޮންޓްރޯލުކޮށް މަޑު ޖައްސާލުމަށެވެ.

"ޣައްޒާގައި އިސްރާއީލުގެ ސިފައިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އޮޕަރޭޝަން ފުޅާކުރުމުން ފަލަސްތީނުގެ އާބާދީއަށް އިތުރު ގެއްލުންތަކާއި ތަކުލީފުތައް ކުރިމަތިވާނެތީ ޔޫރަޕިއަން ޔޫނިއަން ކަންބޮޑުވޭ. އިޒްރޭލުން އަމިއްލަ ނަފްސް ކޮންޓްރޯލު ކުރުމަށް އިލްތިމާސް ކުރަން،" އީޔޫގެ ތަރުޖަމާނު އަނޫއާ އެލްއަނޫނީ ވިދާޅުވި އެވެ.

ޣައްޒާގައި ނަސްލު ސާފުކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް އިޒްރޭލު ކެބިނެޓުން ނިންމުމުން ރަހީނުކޮށްފައިވާ މީހުންގެ އާއިލާތަކުން ވެސް ވަނީ ނަތަންޔާހޫގެ ސަރުކާރަށް ފާޑު ކިޔައިފިއެވެ.

ކެބިނެޓްގައި އަސްކަރީ އޮޕަރޭޗަން ފުޅާކުރުމަށް ނިންމީ ވަރުގަދަ ޒުވާބަކަށް ފަހުއެވެ. ސިފައިން ބޭނުން ވަނީ ޣައްޒާއަށް ކާނާއާއި ފެނާއި ބޭސް ވައްދަން ހުއްދަ ދީފައި އޮޕަރޭޝަން ކުރިއަށް ގެންދާށެވެ.

ޣައްޒާގެ ނަސްލު ސާފުކޮށްލުން އައު ހިތްވަރަކާއެކު ކުރިއަށް ގެންދިއުމަށް ނިންމީ ޔަހޫދީ ވަޒީރުންގެ ރޭގެ ކެބިނެޓްގެ ބައްދަލުވުމުގައެވެ.

ހަނގުރާމައިގެ އަސީރުންގެ އާއިލާތަކުން ބުނަނީ، މިނިންމުމަކީ ސްމޮޓްރިޗް-ނަތަންޔާހޫ ގެ ހަނގުރާމައިގެ ޕްލޭނެއް ކަމަށެވެ.

އިޒްރޭލު ސަރުކާރުން ބުނެފައި ވަނީ ހަނގުރާމައިގެ އަސީރުންނަށް ވުރެ ޣައްޒާގެ ބޮޑު ބައި އިޒްރޭލަށް ލިބުން އިޒްރޭލަށް މުހިންމު ކަމަށވެ.

ހިއްސާ ކުރައްވާ!