ޓްރަމްޕްގެ އާއިލީ ކޮރަޕްޝަނާ ދެކޮޅަށް ގާނޫނެއް ފާސްކުރަނީ

ޓްރަމްޕްގެ އާއިލާއިން ކްރިޕްޓޯ ކަރަންސީގައި ވިޔަފާރިކޮށްގެން 2 ބިލިއަން ޑޮލަރު ހޯދައި އެފާއިދާ އަބޫދާބީގައި އިންވެސްޓު ކުރުމާއި ޓްރަމްޕްގެ އަމިއްލަ ކްރިޕްޓޯ ކަރަންސީއެއް ލޯންޗު ކުރުމާއި އެއިން ނަފާގެ ގޮތުގައި 340 މިލިއަން ޑޮލަރު ހޯދައިފިއެވެ. މި މައްސަލަ މީޑިއާގައި ރިޕޯޓު ކުރުމުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ރައީސުންނާއި އެމީހުންގެ އާއިލާތަކާއި ކޮންގްރެސްގެ މެމްބަރުންނަށް ކްރިޕްޓޯ ކަރަންސީގައި ވިޔަފާރި ނުކުރެވޭ ގޮތަށް ގާނޫނެއް ޑްރާފްޓްކޮށްފައެވެ.

ޖީނިއަސްގެ ނަމުން އެކުލަވާލާފައިވާ ގާނޫނާ ބެހޭ މައުލޫމާތު ސެނެޓަރު ޖެފް މާކްލީ އާއި އެލިޒަބަތު ވޮރެން ވަނީ ސެނެޓްގެ ޑިމޮކްރެޓު މެމްބަރުންނާ ޙިއްސާ ކުރައްވާފައެވެ.

މި ބިލް އެކުލަވާލީ ސެނެޓްގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ އާއި ސެނެޓަރު ކަރސްޓެން ގިލިބްރޭންޑް ގުޅިގެންނެވެ.

މިއީ ޓްރަމްޕް އާއިލާގެ ކްރިޕްޓޯކަރަންސީ ވިޔަފާރިއާ ގުޅިފައިވާ ކޮރަޕްޝަނާ ގުޅޭ ކަންބޮޑުވުންތައް ހައްލުކުރުމަށް ހުށަހަޅާ ބިލެއް ކަމަށް މެމްބަރުން ބުނެއެވެ.

ހިއްސާ ކުރައްވާ!