ތްރަމްޕް ޕޫޓިން ޑީލާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން ނުރުހުން ފާޅުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއާއެކު ވެވަޑައިގެންނެވި އެއްބަސްވުމެއްގެ ދަށުން ރަޝިޔާގެ ޑީސަލް ތެލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމެވި ނިންމެވުމަށް ވިލާތުގެ އިއްތިހާދުންނާއި ޔުކްރޭނުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ މަސްއޫލުވެރިޔާ ކާޔާ ކާލަސް މީސް މީޑިއާ ގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ރަޝިޔާގެ ޑީސަލުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ މޮސްކޯއިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ މާލީ ވަސީލަތްތައް އިތުރަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފާއިތުވި ދެ ދުވަހުގެ ތެރޭގައި ރަޝިޔާގެ ހަމަލާތަކުގައި ޔުކްރޭނުގެ 80 އަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު، ވިލާތުގެ ގައުމުތަކާއި ނޭޓޯގެ އެކުވެރިންނަށް އަމާޒުކޮށް ރަޝިޔާއިން ދޭ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައި ރަޝިޔާއަށް އޮތް ޕްރެޝަރު ކުޑަކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، ވިލާތުން އެފަދަ ލުޔެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި ކުރިއަށް އޮތް މިޑްޓާރމް އިންތިޚާބާ ދިމާކޮށް ތެލުގެ އަގުު ހެޔޮކުރުމުގެ ގޮތުން ޓްރަމްޕް ސޮއި ކުރެއްވި އެގްޒެކެޓިވް އޯޑަރާއެކު ރަޝިޔާއިން ބޮޑެތި އަދަދުތަކުން ޑީސަލް ވިއްކުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް ޔުކްރޭނުގެ ރައީސް ވޮލޯޑިމީރް ޒެލެންސްކީ ވިދާޅުވީ، ހޮނިހިރު ދުވަހު ރަޝިޔާއިން ދިން ހަމަލާތަކުގައި 15 މީހުން މަރުވުމަކީ އެމެރިކާއިން ދިން ލުޔަށް މޮސްކޯއިން އަދާކުރި "ޝުކުރެއް" ކަމަށެވެ. އަދި އެމެރިކާގެ މި ނިންމެވުމަކީ "ލަދުވެތި އަދި ނިކަމެތި" ނިންމެވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!