ބަލޮޗް ކޮލޮނީގައި ޢިމާރާތް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ޢަދަދު 16 އަށް އަރައިފި

ކަރާޗީގެ ބަލޮޗް ކޮލޮނީ ސަރަހައްދުގައި ވެއްޓުނު ހަ ބުރީގެ ޢިމާރާތުގެ ދަށުން އާދީއްތަ ދުވަހު އިތުރު ތިން މީހެއްގެ ހަށިގަނޑު ނަގައިފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު 16 އަށް އަރާފައިވާ ކަމަށް ރެސްކިއު ޓީމުތަކުން ބުނެފިއެވެ. ގެދޮރު ޢިމާރާތްކުރުމަށް ޚާއްސަކޮށްފައިވާ ބިމެއްގައި ޤާނޫނާ ޚިލާފަށް ހަދަމުންދިޔަ އެ ޢިމާރާތް ވެއްޓުމުން ތިން މީހުން މަރުވެ، އިތުރު 14 މީހަކަށް އަނިޔާވިއެވެ. މި ހާދިސާ ހިނގީ ބުދަ ދުވަހުއެވެ.

ބުރާސްފަތި ދުވަހު އިތުރު މީހަކު ނެގުމުން މަރުވި މީހުންގެ ޢަދަދު ހަތަރަކަށް އެރި އެވެ. އަދި ހުކުރު ދުވަހު އިތުރު ހަތަރު މީހެއްގެ ހަށިގަނޑު ނެގުމުން އެ ޢަދަދު އަށަކަށް އެރިއެވެ. މިއަދުވެސް އިތުރު ހަތަރު މީހެއްގެ ހަށިގަނޑު ނަގައި، ފަސްވަނަ މީހަކު ފެނުމާއެކު މަރުވި މީހުންގެ ޢަދަދު 13 ކަމަށް ބުންޏެވެ.

ރެސްކިއު 1122 އިން ހާމަކުރާ ގޮތުގައި ވީނުވީއެއް ނޭނގި އެކަކު ގެއްލިފައިވާތީ، ހޯދުމުގެ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދަނީ

ހާދިސާ ހިނގި ސަރަހައްދުން ރެސްކިއު 1122 އިން ޢާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، އާބަން ސާޗް އެންޑް ރެސްކިއު ޓީމުގެ މެންބަރުން ގެންދިޔައީ ބަރު ދަގަނޑު ބުރިތައް ބުރިކުރުމަށް ޚާއްސަ ކަޓަރުތައް ބޭނުންކޮށް، އެކި އާލާތްތަކުގެ އެހީގައި ގާކުނިތައް ސާފުކުރަމުންނެވެ. ޢިމާރާތް ވެއްޓުނުތާ ދެ ދުވަސް ފަހުން ހުކުރު ދުވަހު، ގާކުނިތަކުގެ ދަށުގައި ތާށިވެފައި އޮތް 28 އަހަރުގެ މުޙައްމަދު ޢާދިލް ދިރިހުއްޓާ ސަލާމަތްކުރެވުނު ކަމަށްވެސް ބުނެފައި ވެއެވެ. އަދި އިތުރު ބަޔަކު ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ނެތީ އެމީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެއެވެ.

ފުލުހުން ވަނީ ޢިމާރާތުގެ ހަތަރު ވެރިންނާއި ޢިމާރާތްކުރި ފަރާތާއި، އާކިޓެކްޓާއި، ސްޓްރަކްޗަރަލް އިންޖިނިއަރު އަދި ކޮންޓްރެކްޓަރުންގެ ތަހުގީގެއް ފަށާފައެވެ.

ފުލހުން ބުނެފައިވާ ގޮތުން، ޢިމާރާތްކުރުމުގައި ފެންވަރު ދަށް ތަކެތި ބޭނުންކޮށްފައިވާ ކަމަށް ޝަކު ކުރެވެއެވެ. އަދި ސަރުކާރުގެ އެކި ޑިޕާޓްމަންޓުތަކުގެ އޮފިޝަލުންނާ ގުޅިގެން، ހުއްދަ ދީފައިވާ ޕްލޭނާ ޚިލާފަށް އިތުރު ބައިތައް ހެދުމުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ޢިމާރާތް ވެއްޓުނީ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!