އިންސާނީ އެހީތެރިކަން ދިނުމާބެހޭ ކަންކަމާ ހަވާލުވެފައިވާ އ.ދ. ގެ އޮފީސް (OCHA) އިން ބުނާ ގޮތުގައި ލަޓޯފަޓޯ ޔަހޫދީ ސެޓްލަރުން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ ހަމަލަތައް އިތުރު ވެފައި ވެއެވެ. ހަފްތާއެއްގެ ތެރޭގައި، ސެޓްލަރުން ދިން ހަމަލަތަކުގެ 23 ހަމަލާ ރެކޯޑުކޮށްފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން މީހުންނަށް އަނިޔާވެ، މުދަލަށް ގެއްލުންވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
އދގެ އިދާރާއިން ބުނިގޮތުގައި، ސެޓްލަރުން ދޭ ގިނަ ހަމަލަތަކަކީ ހުޅުޖެހުމާއި މީހުން މެރުމާއި، އަދި ދަނޑުތައް ހަލާކުކޮށްލުމާއި ޚާއްސަކޮށް ޒައިތޫނި ގަސްތައް ކެނޑުމުގެ ހަމަލަތަކެވެ. ސެޓްލަރުންނަކީ ފަލަސްޠީނު ބިން ގަދަ ބާރުންހިފައި ޔޫރަޕާއި އެމެރިކާއިން ގެނަސް އެތަންތާނގައި ވަޒަންވެރިކޮށްފައިވާ ލަޓޯފަޓޯ ޔަހޫދީންނެވެ.

