އަހުމަދު ބަހާ ތާލިބް ނަމަކަށް ކިޔާ ދެ މަހުގެ ތުއްތު ކުއްޖަކު ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ޣައްޒާގައި ބަނޑަށް މަރުވެއްޖެއެވެ.
ޣައްޒާ ސިޓީގެ ސަބްރާ ނަމަކަށް ކިޔާ ސަރަހައްދެއްގައި ދިރިއުޅޭ އޭނާގެ ބައްޕަ ބުނީ ދަރިފުޅަށް ބޭނުންވާ ބެބީ ފޯމިއުލާ ދަޅު ގަނެވޭ ގޮތެއް ނުވި ކަމަށެވެ. އެދަޅުގެ އަގު 200 ޝެކެލް (ގާތްގަނޑަކަށް 60 ޑޮލަރަށް) އަށް އަރައެވެ
ގައްޒާގައި އުންރުވާގެ މީޑިއާ އޮފީހުގެ އޮފިޝަލް އިނާސް ހަމްދާން ރިޕޯޓްކުރާ ގޮތުގައި ޣައްޒާގެ 5،000 ކުދިންނަށް ކާނާ ނުލިބުމުގެ ސަބަބުން ބަނޑަށް ޖެހިފައި ވެއެވެ.






