އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމްޕޯޓް ޓެރިފް ސިޔާސަތު މިހާރު އޮތް މިންވަރުގައި އޮވެއްޖެނަމަ، މިއަހަރު ނައިކީ ސްޕޯޓްސްގެ ފައިދާ ބަހާ މިންވަރު މަދުވެ، އުފެއްދުމުގެ ޚަރަދު އެއް ބިލިއަން ޑޮލަރަށް އިތުރުވެދާނެ ކަމަށް ނައިކީ ކުންފުނިން އިންވެސްޓަރުންނަށް އަންގައިފިއެވެ. މިއީ ބޭރުން އެތެރެ ކުރާ މުދަލަށް އިތުރު ޓެރިފް ނެގުމަށް ޓްރަމްޕް މަޖުބޫރު ކުރުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަމެކެވެ.
މި އަސަރު ކުޑަކުރުމަށްޓަކައި ނައިކީ އިން ދަނީ ޗައިނާގައި އުފައްދާ އަދި އެމެރިކާއަށް އިމްޕޯޓްކުރާ ބޫޓުގެ އަދަދު މަދު ކުރަމުންނެވެ. ޗައިނާއިން އެތެރެ ކުރާ މުދަލަށް 135 ޕަސެންޓްގެ ޓެރިފެއް ނަގައެވެ.
ޓްރަމްޕާ ހެދި 3 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނައިކީއަށް ގެއްލުމާ ކުރިމަތިލާން ޖެހިފައި ވެއެވެ. އެހެންނަމަވެސް މި ކުއާޓާގައި ނައިކީގެ އާމްދަނީ ވަނީ 11.1 ބިލިއަން ޑޮލަރަށް ގޮސްފައެވެ.

