އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަދު ކުރިއަށް ދާނީ ކުޑަކުދީންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުޑަކުދިންގެ ހަވީރަކާއެކުއެވެ.
ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް ލިބިގެންދިއުމުގެ ފުރުސަތު އޮތް ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ. ކުޑަކުދިންގެ ހަވީރު ފަށާނީ މިއަދު ހަވީރު 4-6 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ދާއިރު އެކްސްޕޯގެ މައި ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޭގަނޑު 10 ޖަހާއިރު ސެންޓްރަލް ޕާކުގައި ހަވާ ވެސް އަރުވާނެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ފެށީ ބުރާސްފަތި ދުވަހުއެވެ. މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ކޮންމެ ދުވަހަކު ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި ކޮންމެ ދުވަހަކު 5 އައިޕެޑާއި އެ ނޫންވެސް އެތައް އިނާމެއް ހުށަހެޅިފައިވެއެވެ. (އެމްއެމްއޭ)



