އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރަޝިޔާގެ ރައީސް ވްލެޑިމިއަރ ޕޫޓިންއަށް ދެއްވި ހަދިޔާތަކުގެ ތެރޭގައި ޚާއްސަ ހަދިޔާތަކެއް ހިމެނެއެވެ. މި ހަދިޔާތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އިންޑިއާގެ މުއްސަނދި ސަގާފަތާއި ފަންނުވެރިކަން ރަމްޒުކޮށްދޭ ތަކެއްޗެވެ.
ބޮޑުވަޒީރު މޯދީ ޕޫޓިންއަށް ހަދިޔާކުރެއްވި އެއްޗަކީ ބްރަހްމަޕުތުރާގެ އައްސޭރިފަށުގައި ހައްދާފައިވާ އާސާމްގެ މޮޅު ސައިފަތެވެ. މި ސައި މަޝްހޫރުވެފައި ވަނީ އޭގެ ވަރުގަދަ ރަހައާއި، އަދި އައްސާމިކާ ވައްތަރަށް ސާފުކޮށްފައި އޮތުމުންނެވެ. މިއީ 2007 ވަނަ އަހަރު ޖީއައި ޓެގް ލިބިފައިވާ ސައިފަތެކެވެ. މިއީ އާސާމްގެ ސަރަހައްދުގެ ބިމާއި، މޫސުމާއި، އަދި ފަންނުވެރިކަމުން އުފެދިފައިވާ މުއްސަނދި ތަރިކައެއް ރަމްޒުކޮށްދޭ ސައިފަތެކެވެ. ސަގާފީ އަގުތަކުގެ އިތުރުން، މި ސައިފަތުގައި ހިމެނޭ ސިއްހީ ފައިދާތަކުގެ ސަބަބުން ކޮންމެ ކަޕް ސައެއް ވެސް ވެގެންދަނީ ހިތްހަމަޖެހޭ އަދި ފައިދާހުރި ތަކެއްޗަށެވެ.



މޯދީ ހަދިޔާކުރެއްވި އަނެއް އެއްޗަކީ މުރުޝިދާބާދު ގައި އުފައްދާފައިވާ ރިހި ޓީ ސެޓެވެ. މި ސެޓްގައިވާ އަތްކަމުގެ މަސައްކަތުން ހުޅަނގު ބެންގާލްގެ މުއްސަނދި ފަންނުވެރިކަން ދައްކުވައިދެއެވެ. އަދި އިންޑިއާ އާއި ރަޝިޔާގައި ވެސް ސައިގެ ސަގާފީ މުހިންމުކަން މި ސެޓުން ރަމްޒުކޮށްދެއެވެ. ދެ ގައުމުގެ މުޖުތަމައުގައި ވެސް ސައި އަކީ ހޫނުކަމާއި، ގުޅުމާއި، އަދި ވާހަކަތައް ހިއްސާކުރުމުގެ ރަމްޒެކެވެ.
މީގެ އިތުރުން، މަހާރާޝްޓްރާގެ އަތްތެރި މަސައްކަތް ދައްކުވައިދޭ ރިހި އަހެއްވެސް ހަދިޔާ ކުރެއްވި އެވެ. އަދި އާގަރާގެ އަތްތެރި މަސއްކަތް ދައްކުވައިދޭ ރާޒުވާ ފިލާއަކާއި ކުޅި ބައެއްވެސް ހަދިޔާ ކުރެއްވިއެވެ.
އަދި ކަޝްމީރުގެ އެންމެ މަތީ ފެންވަރުގެ ޒައުފަރާނާއި ބަގްވަގީތާ ފޮތް ބައެއްވެސް ހަދިޔާ ކުރެއްވި އެވެ.







