- ވަށާ ޖެހޭ ބައިވެރިވުމެއް: ދެ ލީޑަރުން ވެސް ވަނީ ސިޔާސީ، ދިފާއީ، ވިޔަފާރި، ހަކަތަ، ސައިންސް، ނިއުކްލިއާ، ޖައްވީ، ސަގާފަތް، އަދި އިންސާނީ އެއްބާރުލުން ހިމެނޭ ގދެ ގައުމުގެ ވަށާ ޖެހޭ ގުޅުން އެދެވޭ ގޮތަކަށް ކުރިއަށް ގޮސްފައިވާކަން ފާހަގަ ކުރައްވާފައެވެ.
- ވިޔަފާރި ފުޅާކުރުން: އިންޑިއާ އާއި ރަޝިޔާއިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް 100 ބިލިއަން ޑޮލަރަށް ވިޔަފާރި އިތުރު ކުރުމުގެ އަމާޒު ކަނޑައަޅައި، ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެގައުމުގެ ވިޔަފާރި ފުޅާކުރުމުގެ ބޭނުން އަލުން ކަށަވަރުކޮށްދީފަ އެވެ.
- ޕްރޮގްރާމް 2030: ޒަމާނީ ޓެކްނޮލޮޖީއާއި ސިނާއީ އެއްބާރުލުމަށް ސަމާލުކަން ދީގެން 2030 ވަނަ އަހަރާ ހަމައަށް އިންޑިއާ-ރަޝިޔާ އިކޮނޮމިކް ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ދާއިރާތައް ތަރައްގީ ކުރުމަށް ހިންގާ ޕްރޮގްރާމް ތަސްދީގުކުރުމަށް އެއްބަސްވެފައެވެ.
- ހަކަތައިގެ ރައްކާތެރިކަން: ނިއުކްލިއާ ހަކަތައާއި އިއާދަކުރަނިވި ހަކަތައަށް އެއްބާރުލުން ދިނުމާއެކު، މެދުކެނޑުމެއްނެތި ތެލާއި ހަކަތަ ފޯރުކޮށްދިނުމަށް ވައުދުވެފައެވެ.
- ދިފާއީ ދާއިރާގެ ގުޅުން: ދިފާއީ އުފެއްދުމާއި، ޓެކްނޮލޮޖީ ބަދަލު ކުރުމާއި، އަދި ގުޅިފައިވާ އަސްކަރީ ތަމްރީންތަކުގައި ބައިވެރިވުން ކުރިއަށް ގެންދިއުމާއި، ސްޓްރެޓެޖިކް ސެކިއުރިޓީ ގުޅުންތައް ވަރުގަދަކުރުން ހިމެނެއެވެ.
- ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް: ހުރިހާ ގޮތަކުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް މުހިންމުކަން ދީ، ޖާސޫސީ މައުލޫމާތު ހިއްސާކުރުމާއި ހަރުކަށި ނެޓްވޯކްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުން އިތުރުކުރުމަށް އެއްބަސްވުމެވެ.
- ސަރަޙައްދީ ހަމަޖެހުން: އޭޝިޔާގައި ސުލްޙައާއި ހަމަޖެހުން ކުރިއެރުވުމާ ބެހޭގޮތުން ހިއްސާކުރެވޭ ޚިޔާލުތަކާއި އަދި އަފްޣާނިސްތާނާ ބެހޭގޮތުން މަޝްވަރާކުރުމާއި ޔޫކްރޭނާ ބެހޭގޮތުން ބިނާކުރަނިވި ގުޅުންތައް ބޭއްވުން ހިމެނެއެވެ.
- ސައިންސްއާއި ޓެކްނޮލޮޖީ: މަބު، ޑިޖިޓަލް ޓެކްނޮލޮޖީސް، ސްޕޭސް އެކްސްޕްލޯރޭޝަން، އަދި އީޖާދީ ދާއިރާތަކުގެ ސިނާއަތްތަކުގައި އެއްބާރުލުން ފުޅާކުރުން ހިމެނެއެވެ.
- ސަގާފީ އަދި ތައުލީމީ ގޮތުން ގުޅުން ބަދަހި ކުރުން: ސަގާފީ ޕްރޮގްރާމްތަކާއި، ދަރިވަރުންގެ އެކްސްޗޭންޖް ޕްރޮގްރާމާއި، ބަސް ކިޔަވައި ދިނުމުގެ މަސައްކަތުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
- ސްޓްރެޓެޖިކް ކަންކަމުގައި ގުޅި ލާމެހުން: ދެ ގައުމުގެ ސްޓްރެޓެޖިކް ގުޅުން ބަދަހި ކުރުމަށް އެއްބަސްވެފައިވާ ކަން އިއުލާން ކުރިތާ 25 އަހަރު ފުރުނު ސްޕެޝަލް އެންޑް ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނަޝިޕް އަލުން ކަށަވަރުކޮށްދިނުމާއި އެކު، ދެފަރާތުގެ އިތުބާރާއި ގައުމީ މަސްލަހަތުތަކަށް އިހުތިރާމްކުރުމުގެ މައްޗަށް ބިނާކޮށް ގުޅުން ބަދަހި ކުރުން ހިމެނެއެވެ.







