އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ އަންނަ އަހަރަށް އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމުގެ ލަފާ 7.2 ޕަސެންޓް އަށް މަތިކޮށްފައެވެ. މިއީ ސެޕްޓެމްބަރު މަހު ލަފާކުރި 6.5 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ. މި އިސްލާޙު ގެނެސްފައިވަނީ އިންޑިއާގެ އިޤްތިޞާދު ދެވަނަ ކުއާޓަރުގައި ލަފާކުރިވަރަށްވުރެ ބޮޑަށް ހަރުދަނާ ވެފައި ވާތީއާއި، އެތެރޭގެ ބޭނުންތަކާއި ޖީއެސްޓީ ރޭޓްތަކަށް ލުއިތަކެއް ދީފައިވާތީއެވެ.
އޭޑީބީގެ މި ނިންމުމަކީ، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ވާނުވާ ނޭނގުމާއި ބޭރުގެ ހުރަސްތައް ކަމުގައިވާ ޓެރިފްތަކާއި ފިސްކަލް ހަރުކަށިކުރުންތަކާ އެކުވެސް، އިންޑިއާގެ ސިޔާސަތުތަކަށް އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމެކެވެ.
އިންޑިއާގެ ކުރިއެރުމުގެ ވާހަކަ ދެމިގެންދަނީ އެތެރޭގެ ބޭނުންތަކާއި ޚިދުމަތްތަކުގެ ދާއިރާގެ ވަރުގަދަ ކަމުގެ ސަބަބުންނެވެ.
ދެވަނަ ކުއާޓަރުގައި އިންޑިއާގެ ޖީޑީޕީ ކުރިއެރުން 8.2 ޕަސެންޓަށް ކުރިއަރާފައިވާއިރު، މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ކުރިއެރުން ފެނުނު އެންމެ މަތީ އަދަދެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ސިނާއަތު އަދި ޚިދުމަތްތަކުގެ ދާއިރާ ފުޅާވެފައިވުމެވެ. ފިސްކަލް އަހަރުގެ ފުރަތަމަ ބައިގައި އިޤްތިޞާދީ ކުރިއެރުން ވަނީ 8 އިންސައްތައި ގައި ހިފެހެއްޓިފައެވެ.
އޭޑީބީން ފާހަގަކުރި ގޮތުގައި، ލޭބަރުންނާ ބެހޭ އާ ޤާނޫނުތަކުގެ ދަށުން ލޭބަރު މާކެޓްގެ ފެކްސިބިލިޓީ އިތުރުވުމާއި، ޖީއެސްޓީ ސާދާކުރުމާއި، އިމްޕޯޓް ކުރުމުގެ ބައެއް ހުރަސްތައް ލުއި ދިނުމާއި، އެކްސްޕޯޓަރުންނަށް ދޭ ކްރެޑިޓްގެ އެހީތެރިކަމުގެ ސަބަބުން ޓެރިފްތަކާއި ފިސްކަލް ހަރުކަށިކުރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ކުޑަކުރެވޭނެއެވެ. ނަމަވެސް، އިޤްތިޞާދީ ކުރިއެރުން ދެވަނަ ބައިގައި ކޮންމެވެސް ވަރަކަށް ދަށްވެގެންދާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެއީ ސަރުކާރުގެ ކެޕިޓަލް ޚަރަދުތައް މަދުވުމާއި، އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން އެކްސްޕޯޓްތަކަށް އަސަރުކުރާނެ ކަމަށ ްބަލާފައެވެ.
އެމެރިކާ އިން ވަނީ އިންޑިއާގެ އާ ދެކޮޅަށް 50 އިންސައްތައިގެ ގެ ޓެރިފެއް އަޅާފައެވެ. މީގެ ތެރޭގައި ރަޝިޔާގެ ތެޔޮ އެތެރެކުރުމުގެ ސަބަބުން 25 ޕަސެންޓްގެ ޖޫރިމަނާއެއް ވެސް ހިމެނެއެވެ. އިޤްތިޞާދަށް ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި ވިޔަފާރީގެ ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތައް ހިމެނެއެވެ. ނަމަވެސް، އެމެރިކާއާ އެކު ކުރިއަށްދާ ވާހަކަތަކުގައި ޓެރިފްތަކަށް ލުއިތަކެއް ލިބިއްޖެނަމަ، އިގްތިސާދީ ކުރިއެރުން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
އިންޑިއާގެ މި ވަރުގަދަ ކުރިއެރުމުގެ ސަބަބުން، އޭޑީބީން ވަނީ މުޅި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ 2025 ވަނަ އަހަރުގެ ލަފާ 4.8 ޕަސެންޓް އިން 5.1 ޕަސެންޓްއަށް މަތިކޮށްފައެވެ.
ޗައިނާގެ އިގްތިސާދުގެ ލަފާ 4.8 ޕަސެންޓަށް މަތިކުރިއިރު، ދެކުނު އޭޝިއާގެ ލަފާ 6.5 ޕަސެންޓަށް މަތިވީ އިންޑިއާގެ އެތެރޭގެ ޑިމާންޑްގެ ސަބަބުންނެވެ. ނަމަވެސް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން 2026ގައި ޖީޑީޕީ ކުރިއެރުން 7.3 ޕަސެންޓްގައި ގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެއެވެ، އެއީ އޭޑީބީގެ ލަފާއަށްވުރެ ކުޑަކޮށް މަތީ އަދަދެކެވެ.







