އެޕްސްޓައިންގެ އަލްބަމްތަކުން ޓްރަމްޕް، ކްލިންޓަން އަދި ގޭޓްސް ހިމެނޭ 19 އާ ފޮޓޯ ހާމަކޮށްފި

ވެރިންނާއި މުއްސަނދިންނަށް އުމުރު ހަމަނުވާ އަންހެން ކުދިން ހޯދައިދޭން އުޅުނު އެމެރިކާ ދައްލާލު ޖެފްރީ އެޕްސްޓައިންގެ ތަރިކައިގައި ހިމެނޭ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބިލް ކްލިންޓަން، އަދި މަހާސާދާގަރު ބިލް ގޭޓްސް ފަދަ މަޝްހޫރު ފަރާތްތައް ހިމެނޭ 19 އާ ފޮޓޯއެއް ވަނީ މިހާރު ހާމަކޮށްފައެވެ. މި ފޮޓޯތައް ހާމަކޮށްފައި މިވަނީ، އެޕްސްޓައިންއާއި ޓްރަމްޕްގެ ބަދަހި ގުޅުމާ ބެހޭ ގޮތުން އޭނާގެ ސިޔާސީ ވާދަވެރިން ވާހަކަ ދައްކާ ދަނޑިވަޅެއްގައެވެ. މި މަހުގެ ކުރީކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ އެޕްސްޓައިންގެ ކަސްބީ ޖަޒީރާގެ 150 އަށް ވުރެ ގިނަ ފޮޓޯއާއި ވީޑިއޯ ހާމަކޮށްފައެވެ.

އެޕްސްޓައިން އަކީ ޔޫއެސް ވާޖިން އައިލެންޑްސްގައި އޭނާ ގެންގުޅުނު ދެ ޖަޒީރާގައި ކަސްބީ މަސައްކަތް ހިންގައި އަންހެން ކުދިންނާއި ޒުވާން އަންހެނުންނަށް މުއްސަނދިންނާއި ވެރިން ލައްވައި ޖިންސީ ގޯނާކުރުވަން އުޅުނު ކަމަށް ތުހުމަތު ކުރެވިގެން ޖަލަށް ލާފައި ހުއްޓ ާމަރުވި މީހެކެވެ.

މިހާރު ހާމަކުރި 19 ފޮޓޯގެ ތެރޭގައި ޓްރަމްޕް، ކްލިންޓަން، ގޭޓްސްގެ އިތުރުން ސްޓީވް ބެނަން، ލެރީ ސަމަރސް، އަދި ވޫޑީ އެލަން ފަދަ ފަރާތްތައް އެޕްސްޓައިންއާ އެކު ފެނެއެވެ. ނަމަވެސް، މި ފޮޓޯތަކުގެ ތެރެއިން އެއްވެސް ފޮޓޯއަކުން ގާނޫނާ ޚިލާފު ޢަމަލެއް ހިންގާ މަންޒަރެއް ނުފެނެއެވެ.

ޓްރަމްޕާއި ކްލިންޓަންގެ ފޮޓޯތައް: ޓްރަމްޕްގެ ތިން ފޮޓޯއެއް ހިމެނެއެވެ. އެއީ މޫނު ފޮރުވާފައިވާ ބައެއް އަންހެނުންނާ އެކު ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯއަކާއި ހަރަކާތެއްގައި އެޕްސްޓައިންއާ އެކު ނަގާފައިވާ ފޮޓޯއަކާއި އަދި މޫނު ފޮރުވާފައިވާ އަންހެނަކާ އެކު ނަގާފައިވާ ފޮޓޯއެކެވެ. ކްލިންޓަން ފެންނަ ފޮޓޯއެއްގައި އޭނާ ހުރީ އެޕްސްޓައިން އަދި ގިސްލެން މެކްސްވެލްއާ އެކު ގައެވެ. އަދި އެ ފޮޓޯގައި ކްލިންޓަންގެ ސޮއި ވެސް އޮވެއެވެ. ބެނަން އެޕްސްޓައިންއާ ބައްދަލުކުރާ މަންޒަރުތަކާއި، ވޫޑީ އެލަން އޭނާއާ ވާހަކަ ދައްކާ މަންޒަރުތައް ވެސް އެހެން ފޮޓޯތަކުން ފެނެއެވެ.

ޓްރަމްޕް ވަނީ ފޮރުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެފައެވެ. ކޮންގްރެސްއިން އެޕްސްޓިންގެ މައްސަލަ ދިރާސާ ކުރުމަށް ނަގާފައިވާ ކޮމިޓީން އަންނަނީ އެޕްސްޓައިންގެ ތަރިކައިގައި ހިމެނޭ 95,000 އަށް ވުރެ ގިނަ ފޮޓޯ ދިރާސާކުރަމުންނެވެ.

ހިއްސާ ކުރައްވާ!