ޒަޔަނސިްޓު އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިފާފައިވާ މަސްޖިދުލް އަޤްޞާ މުޅިން ބަންދުކޮށްފައި ބެއްވުމުގެ ސަބަބުން، ރަމަޟާން މަހުގެ ހަތަރުވަނަ އަދި އެންމެ ފަހު ހުކުރު ނަމާދު ހިފާފައިވާ ގުދުސްގެ ގިނަ އަދަދެއްގެ މުސްލިމުން ކޮށްފައި ވަނީ މަސްޖިދުލްއަޤްސާއާ ކައިރި ސަރަހައްދުތަކުގެ މަގުމަތީގައި އެވެ. ޔަހޫދީން އަޤްޞާ މިސްކިތް ބަންދުކޮށްފައިވަނީ ހަނގުރާމައިގެ ކުއްލި ހާލަތުގެ އަމުރުތަކަށް ރިއާޔަތްކޮށް ކަމަށް ބުނެއެވެ.
ހިފފައިވާ ގުދުސްގެ ގަވަރުނަރުގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ސަތޭކައަށްވުރެ ގިނަ މީހުން ހުކުރު ނަމާދު ކޮށްފައިވަނީ މަސްޖިދުލް އަޤްޞާއާ އެންމެ ކައިރި ސަރަހައްދުތައް ކަމަށްވާ ބާބުއްސާހިރާ އާއި، ބާބުލްއާމޫދު އަދި ސިލްވާންގައި ހުންނަ މުޙައްމަދުލް ފާތިޙް މިސްކިތް ކައިރީގައެވެ. މި ސަރަހައްދުތަކުގައި އިސްރާއީލުގެ ސިފައިން ވަނީ ދަގަނޑު ބެރިކޭޑްތައް ޖަހައި، މިސްކިތަށް ވަންނަން ހުރި ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ.
މިއީ ޔަހޫދީ ޖެނޮސައިޑް އިސްރާއީލުގެ ސިފައިން މުސްލިމުންނަށް ހިފާފައިވާ އަޤްޞާ މިސްކިތުގައި ހުކުރު ނަމާދާއި އެހެނިހެން ނަމާދުތައް ކުރުން މަނާކުރި ދެވަނަ ހުކުރެވެ. އަދި މިއީ 1967 ވަނަ އަހަރަށްފަހު އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ރޭއަޅުކަން ކަމަށްވާ ޤިޔާމުއްލައިލް ނުކުރެވޭ ގޮތަށް ބަންދުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
މިސްކިތް ބަންދުކޮށްފައިވާތާ މިހާރު 14 ދުވަސް ވެގެން ދިޔައީއެވެ. މިކަމަށް ބާރުއަޅައި ޔަހޫދީންނާއި އެމެރިކާއަށް ފިއްތަން ކެރުނު މުސްލިމު ލީޑަރަކު ނުވެއެވެ. ބައެއް ވެރިން ވަނީ ފެކްސްއާއި އެކްސްގެ ޒަރީއާއިން ކުށްވެރިކޮށް ކުރު ބަޔާންތައް ނެރެފައެވެ. ޔަހޫދީ ސިފައިން ދަނީ ގުދުސްގެ މަގުތަކުގައި ވަރުގަދައަށް ފޯރިމަރަމުންނެވެ.





