ޖެނޮސައިޑް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަންދޫބު ރޮން ޑާމާ ދާދި ފަހުން ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކޮށް، ލުބުނާނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމާ ގުޅޭގޮތުން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށްފައިވާ ކަމަށް ޖެނޮސައިޑް އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ރިޕޯޓްކޮށްފިއެވެ.
ޖެނޮސައިޑް އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ހާމަކުރި ގޮތުގައި، މިހާރު ހުށަހެޅިފައިވާ ސުލްހައިގެ ފޯމިއުލާގެ ދަށުން ހިޒްބުالله ޖަމާއަތަކީ ހަތިޔާރު ނެތް ސިޔާސީ ހަރަކާތަކަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި މަޝްވަރާތަކަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއް ކަމަށް އެ ޔަހޫދީ ރޭޑިއޯއިން ފާހަގަކުރެއެވެ.

މި މައްސަލައިގައި ލުބުނާނުން މިހާރު އިންތިޒާރު ކުރަމުންދަނީ ތިންވަނަ ގައުމެއްގައި އިސްރާއީލާއެކު ސީދާ މަޝްވަރާތައް ފެށުމަށް ޖެނޮސައިޑް އިސްރާއީލުގެ ހުއްދަ ލިބޭނެ ވަގުތަކަށް ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ލުބުނާނުގެ ރައީސާއި، ސަރުކާރާއި، އަދި މަޖިލީހުގެ ރައީސާ ދެމެދު އިސްރާއީލާއެކު މަޝްވަރާކުރާނެ ވަފުދެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ އިސްރާއީލާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ. ނަމަވެސް، ޖެނޮސައިޑް އިސްރާއީލުގެ ފަރާތުން މިހާތަނަށް އެކަމަށް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައި އައުން ވަނީ ޖެނޮސައިޑް އިސްރާއީލުގެ ހަމަލާތައް ހުއްޓާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ އަދި އަރަބި ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ސަރުކާރުން ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންދެއެވެ. އަދި ހަނގުރާމަ ހުއްޓާލުން ވާންޖެހޭނީ ވަގުތުން ވަގުތަށް ކުރެވޭ ކަމަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






