އިޒްރޭލުގައި އިވެމުން ދަނީ މަރުގެ ރަނގަބީލު: މިރޭ ޔަހޫދީންނަށް ނިންޖެއް ނެތް ކަމަށް އީރާނުން ބުނެފި

އީރާނުން އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، މިރޭ އިޒްރޭލުގެ ޔަހޫދީންނަށް ހަމަ ނިންޖެއް ނުލިބޭނެ ކަމަށް އީރާނުގެ މީޑިއާއިން ބުނެފިއެވެ. އީރާނުން ފޮނުވާލި މިސައިލްތައް އިޒްރޭލުގެ މެދުތެރޭގެ ސަރަހައްދުތަކަށް އަރައި، ބާރުގަދަ ގޮވުންތަކެއްގެ އަޑު މުޅި ސަރަހައްދަށް ވަނީ ފެތުރިފައެވެ.

އީރާނުން ވަނީ ފުރަތަމަ ފަހަރަށް ސިއްޖީލު 2 މިސައިލް ބޭނުންކޮށްފައެވެ. މިއީ ނަށަމަުން ޔަހޫދީންގެ އަމާޒުފަތްގަނޑުތަކަށް ހަމަލަ ދޭ މިސައިލެކެވެ.

އިޒްރޭލުގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، "އަސްދޫދު" އަދި "އަސްގަލާން" ހިމެނޭހެން ގިނަ ސަރަހައްދުތަކެއްގައި ނުރައްކަލުގެ ރަނގަބީލު ދަނީ ގޮވަމުންނެވެ. މި ހަމަލާތަކާ ގުޅިގެން ޔަހޫދީ ވަޒަންވެރިން ރައްކާތެރިކަމުގެ ހިޔާވަހިކަން ހޯދުމަށް ބަންކަރުތަކަށް ވަނުމަށް އިޒްރޭލު ސަރުކާރުން ވަނީ އަމުރުކޮށްފައެވެ. މިމީހުންނަށް ބަންކަރުތަކށް ނުވަދެވިގެން އުޅެނިކޮށްވެސް މިސައިލް އައިސް ތިރިވާތަން ފެނބެއެވެ.

މީގެ އިތުރުން، ލުުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ އުތުރުގައި އޮންނަ "ނަހާރިއާ" ސަރަހައްދަށް ދިން ވަރުގަދަ ހަމަލާއެއްގައި އެ ސަރަހައްދުގެ ޔަހޫދީ އަމާޒުތަކަށް މިސައިލް އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހަމަލާ ދިންތާ ގަޑިއިރެއް ވީއިރުވެސް އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގެ އިސްވެރިން އީރާނުގެ ރައްޔިތުންނަށް ފުރައްސާރަ ކުރަނީ އީރާނުން އެމީހުންގެ ގަދަ ބާރު ދެއްކުމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާތީ ކަމަށެވެ. އަދި ގައުމަށް ދޭ ކޮންމެ އުދުވާނީ ހަމަލާއަކުން ދިފާއުވުމުގެ ފުރިހަމަ ގާބިލުކަން އީރާނަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުން ޔަހޫދީންނަށް ދޭ ހަމަލާތަކާ ގުޅިގެން މުޅި އިޒްރޭލަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހިޒްބުﷲ އާއި އީރާނުގެ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި އާންމުން ވަނީ ނުތަނަވަސްކަމެއް ގައެވެ.

ހިއްސާ ކުރައްވާ!