ޗައިނާގެ ޔުއާންއިން ފައިސާ ދެއްކުމުން އީރާނުން ތެޔޮ ބޯޓަށް ހުއްދަ ދީފި

ޗައިނާގެ ފައިސާ ކަމަށްވާ ޔުއާންއިން މުއާމަލާތް ކުރުމުން، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓެއް ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފިއެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގައި ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކޮށްގެން މި ސަރަހައްދުން ތެޔޮ ބޭރުކުރި ފުރަތަމަ ފަހަރެކެވެ.

އަބޫދާބީގެ 'ދާސް' ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި 'ކަރާޗީ' ނަމަކަށް ކިޔާ މި ބޯޓު ހުރުމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އޭގެ އޭއައިއެސް (އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް) ޖައްސައިގެން، އެއްވެސް ހުރަހެއް ނެތި ސަލާމަތްތެރި ކަމާއެކުގައެވެ.

މި ބޯޓަކީ އީރާނަށް ނިސްބަތްނުވާ، ބޯތެކެވެ. އަދި އެއްވެސް ހާދިސާއެއް މެދުވެރި ނުވެ އެ ސަރަހައްދު ހުރަސްކުރި ފުރަތަމަ ތެޔޮ ބޯޓެވެ. މި އުޅަނދު މިހާރު ދަތުރުކުރަމުންދަނީ ޕާކިސްތާނާ ދިމާއަށެވެ.

މި މުއާމަލާތަކީ ޗައިނާ ޔުއާން ބޭނުންކޮށްގެން ހިންގި މުއާމަލާތެވެ. އީރާނުން ބޭނުން ވަނީ ޑޮލަރުގެ މ،ުއާމަލާތަށް ހުރަސް އަޅައި ޑޮލަރުގެ އަގު ވައްޓާލާށެވެ!

ހިއްސާ ކުރައްވާ!