ވައުދުއްސާދިގު 4: އީރާނުން 'ހާއްޖު ގާސިމް' މިސައިލުން ހަމަލަ ދޭން ފަށައިފި

އީރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސް އެއް ޝަޚްސިއްޔަތު ކަމަށްވާ ގާސިމް ސުލައިމާނީގެ ހަނދާނުގައި ނަން ދެވިފައިވާ 'ހާއްޖު ގާސިމް' ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އީރާނުގެ ވަޢުދުއްޞާދިޤު 4 ގެ 59 ވަނަ މިސައިލް އޮއިވަރުގައި ޔަހޫދީންނަށް ހަމަލަ ދޭން ފަށައިފިއެވެ. މިއީ އީރާނުގެ ދިފާއީ ނިޒާމުގެ ތެރެއިން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދާ އެއް ހަތިޔާރެވެ. މި މިސައިލަކީ އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިތުރުވަމުންދާ މިންވަރު ދައްކުވައިދޭ، ސްޓްރެޓީޖިކް ގޮތުން މުހިންމު ވަސީލަތެކެވެ.

ގާސިމް ސުލައިމާނީގެ ނަމުން މި މިސައިލަށް ނަން ދިނުމަކީ ސިޔާސީ ގޮތުން ސޮލީބި ޓްރަމްޕާއި ޒަޔަނިސްޓު ބުޗަރުންނަށް ދެވޭ ވަރުގަދަ މެސެޖެކެވެ. ސުލައިމާނީ އަކީ އީރާނުގެ ސަރަހައްދީ ނުފޫޒާއި 'ދެކޮޅުވެރިކަމުގެ ފަލްސަފާ' ގެ ރަމްޒެއް ކަމަށްވާއިރު، މި ހަތިޔާރު މެދުވެރިކޮށް އީރާނުން ބޭނުންވަނީ އެ ގައުމުގެ ދިފާއީ ބާރަކީ ގައުމީ ސަލާމަތުގެ އެންމެ ވަރުގަދަ ތަނބުކަން ޔަހޫދީންނަށް ހާމަ ކޮށްދޭށެވެ.

"ހާއްޖު ގާސިމ"' މިސައިލަކީ ދުރު ރާސްތާގެ ބެލިސްޓިކް މިސައިލް އާއިލާއަށް ނިސްބަތްވާ ހަތިޔާރެކެވެ. އީރާނުގެ އަސްކަރީ ފަލްސަފާގައި ދުރު ރާސްތާގެ މިސައިލްތަކަކީ ހަމައެކަނި ފަންނީ ވަސީލަތެއް ނޫނެވެ. އެއީ ބޭރުގެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ސަރަހައްދީ މަސްލަހަތުތަކަށް ބަދަލު ގެނައުމަށް ބޭނުންކުރާ ސިޔާސީ ސިގްނަލެކެވެ.

މި މިސައިލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ’ސޮލިޑް ފިއުލް' ނުވަތަ ހަރު ހަކަތަ ބޭނުންކޮށްގެން އުދުއްސާލެވޭ ގޮތަށް ފަރުމާކޮށްފައިވުމެވެ. މީގެ ސަބަބުން މިސައިލް ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެން ދެއެވެ. އަދި ހަނގުރާމައިގެ މައިދާނުގައި އަވަހަށް ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ އިތުރުން، އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ފަސޭހަކަމަކީ ދުޝްމަނުންނަށް މި ހަތިޔާރު ހޯދައި ނައްތާލުމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

މިއީ މޮބައިލް ކޮށް އުފުލައިގެން ގެންގޮސް ބޭނުން ކޮންމެ ތަނަކުން ހަމަލ ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަތިޔާރެކެވެ.

އީރާނުން ބުނާ ގޮތުގައި އާ މިސައިލްތަކުގައި ބޭނުންކުރާ ގައިޑެންސް ސިސްޓަމްތަކަކީ މާ ބޮޑަށް ކުރިއަރާފައިވާ، ސީދާ އަމާޒަށް ވާސިލްވުމުގެ ގާބިލިއްޔަތު ލިބިފައިވާ ސިސްޓަމްތަކެކެވެ. މިކަމުގެ ސަބަބުން އީރާނުގެ އަމިއްލަ ފަންނިއްޔާތު ކުރިއަރަމުންދާ މިންވަރު ހާމަވާ ކަމަށް އެ ގައުމުން ބުނެއެވެ. 17 ދުވަސް ވެގެން ދިއޔައިރު އީރާނުން ވަނީ އެ ގައުމުން 47 އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ހޯދި އިންސާނީ އަދި ޓެކްނޮލޮޖީއާއި އަސްކަރީ ކާމިޔާބީ ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!