އީރާނު ޓެރަރިސްޓް ހަމަލާގައި 3117 ޝަހީދުން 690 ޓެރަރިސްޓުން

އެމެރިކާގެ ފަސްގނަޑުގައި އަނިޔާވެރި އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުން ދިފާއު ކުރައްވައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ "ފައްޅިއަކަށް ވަދެއްޖެނަމަ ހަމަލަ ދީފިނަމަ ނުވަތަ ސަރުކާރުގެ އޮފިސަރަކަށް ހަމަލާދީފިނަމަ ޖަލަށް ލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން" ކަމަށް ވިދާޅުވެ ބިރު ދައްކާފައެވެ.

އެމެރިކާއަށް އެމީހުންގެ ސަލާމަތަށް ހަރުކަށި ފިޔަވަޅު އެޅެއެވެ. އެކަމަކު އީރާނުން އަޅައިފިނަމަ އެކަން ބޮޑު ކަމަކަށްވެ ބައިނަލްއަގްވާމީ ސަލާމަތަށް ނުރައްކާ ވެއެވެ.

އީރާނުގެ އެންމެ ފަހުގެ ހަމަނުޖެހުމުގައި މަރާފައިވާ މީހުންގެ ގައިން ފެނިފައިވާ ވަޒަންތަކަކީ އިޒްރޭލު އުފެއްދުންތަކެއް ކަން ވަނީ ސާބިތު ވެފައެވެ. އީރާންގައި ހިންގި ޓެރަރިސްޓް ހަމަލަތަކުގެ ތަފާސްހިސާބު ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ހާމަކޮށްދެއްވާފައެވެ. އޭގައި ވަނީ:

  • ● 305 އެމްބިއުލާންސް އަދި ބަސް އަންދާލުން
    ● 24 ގޭސް ސްޓޭޝަން
    ● 700 ކަންމަތީ ފިހާރަތައް
    ● 300 އަމިއްލަ މީހުންގެ ގެ
    ● 750 ބޭންކް
    ● ސަރުކާރުގެ 414 އިމާރާތް
    ● 749 ޕޮލިސް ސްޓޭޝަން
    ● 120 އިންގިލާބީ ސިފައިންގެ މަރުކަޒު
    ● 200 ސްކޫލް
    ● 350 މިސްކިތް
    ● 15 ލައިބްރަރީ
    ● އަރްމީނިއާގެ ނަސާރާ ފައްޅީގެ 2 ޗާޗު
    ● 253 ބަސް ސްޓޭޝަން
    ● 600 އޭޓީއެމް
    ● 800 އަމިއްލަ ކާރު
  • ● މަރުވި މީހުންގެ ޖުމްލަ އަދަދު: 3،117
    ● އާންމުންނާއި ސަލާމަތީ ބާރުތައް: 2،427 އީރާން ސަރުކާރުން ވަނީ މިމީހުންނަކީ ޝަހީދުން ކަމަށް ކަނޑައަޅާފައެވެ.
    ● ޓެރަރިސްޓުން: 690

ތެހެރާނުން ބުނާ ގޮތުގައި އެމެރިކާއިން އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަމިއްލައަށް އަޅާ ވަރުގަދަ ދާޚިލީ ފިޔަވަޅުތައް ހުއްދަ ކުރާއިރު، ހަމަ އެބާރުން އީރާނަށް ފާޑުކިޔަނީ އީރާނުން އަމއިްލަ ސިޔާދަތާއި ރައްޔިތުންގެ ދިފާއުގައި ނިކުތުމުންނެވެ. އެމެރިކާގެ ވާހަކަތަކުން ދެފުށް ދެގޮތް ކަން ސާބިތު ވެއެވެ.

ހިއްސާ ކުރައްވާ!