ޓްރަމްޕް މެދުއިރުމައްޗަށް ފާކޮށްދިން އިބްރާހީމީ މުއާހަދާއަށް ގާތްގަނޑަކަށް ފަސް އަހަރާއި ބައި ފާއިތުވެގެން ދާއިރު އިސްރާއީލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ބަޙްރައިނާ ދެމެދު އޮތް ގުޅުން ދަނީ ދިފާއީ، ޖާސޫސީ އަދި ވިޔަފާރީގެ ދާއިރާ ފަހަނައަޅައި ޔަހޫދީ ޕްރޮޕެގެންޑާއަށާއި "ޒަޔަނިސްޓް ފިކުރަށް ރައްޔިތުން ލެނބުމަށް" މީޑިއާގެ ދާއިރާއަށްވެސް މިހާރު ފުޅާކޮށްފައެވެ.
މިހާރު ދުބައީ ޓީވީ އާއި ބަހުރައިން ޓީވީން ވަނީ އިސްރޭލުގެ ޗެނަލް 12 އާގުޅިގެން ގުޅިފައިވާ ބްރޯކާސްޓްތަކލާއި ޚަބަރުގަޑިތަކުގައި އެއްކޮށް 34 ޗެނަލް މެދުވެރިގެން ޚަބަރު ގެނަސްދިނުމުގެ މަސައްކަތްވެސް ފަށާފައެވެ.

އިޒްރޭލަކީ ޣަސްބުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތް ދޮން ސެޓްލަރުންގެ އިސްތިއުމާރީ ޕރޮޖެކްޓެކެވެ. މިއީ އދން ބަލައިގެން ފައިވާ ފަލަސްޠީނުގެ ޖެނޮސައިޑް ހިންގި ފަރާތެވެ.
މި ގައުމު ތަކަކީ އީރާނުން އައިސްފާނެ ބިރަކަށް އަމާން ކަން ހޯދުމަށް އެމެރިކާއާއި އިޒްރޭލަށް ބިލިއަނުން ހޭދަކޮށްގެން ބިލާހެއްފަދަ އަމާންކަމެއް ގަތް ގައުމުތަކެވެ. މިހާރު އީރާނުގެ ދިފާއީ ހަމަލަތައް ދަނީ މިގައުމުތަކުން ބޭނުން ކުރާ އިޒްރޭލުގެ މިސައިލް ދިފާޢީ ނިޒާމު "އެރޯ 3″ފޫއަޅުވާލަމުންނެވެ.






