އީރާނުން ދިނީ ވޭންދެނިވި ހަމަލައެއް

އެމެރިކާއާއި އިސްރާއީލުގެ ޓެރަރިސްޓް ހަމަލަތަކުން ދިފާއު ވުމަށް އީރާނުން ކުރަމުންދާ މަސައްކަތުން އިސްރާއީލުގެ މައި ނިއުކްލިއާ މ،ަރުކަޒު ހުންނަ ދިމޯނާ ދިން ކާމިޔާބު ހަމަލާއާއި އަދި ދިމޯނާގެ ސައިންޓިސްޓުންނާއި ޓެކްނީޝަނުން ދިރިއުޅޭ 40 ހާސް މީހުންގެ އާބާދީ ކަމަށްވާ އަރަދުއަށް ދިން ހަމަލައަކީ ހިތް ދަތި ހަމަލައެއް ކަމަށް ޔަހޫދީން ބުނެއެވެ.

އީރާނުން އަމާޒަށް ފޮނުވާލި މިސައިލް ހަމަލާތަކުން މަދުވެގެން 180 މީހުން ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްރާއީލުން ވަނީ އީރާނުން މަނާ ހަތިޔާރު ބޭނުން ކުރާ ކަމަށާއި އިސްރާނުގެ ނިއުކްލިއަރ މަރުކަޒަށް ހަމަލަ ދިނީ ކަމަށް ބުނެ އދގެ ސަލާމަތީ މަޖިލީގެ ކުއްލި ބައްދަލު ވުމަކަށް ގޮވާލާފައެވެ.

ޔަހޫދީންނަކީ އާދަވެގެން އިސްވެ ފަސާދަ ކުރުމަށްފަހު ދެން ތިބެގެން ހޭރިގަންނަ ބަޔެކެވެ. މި ފަހަރުވެސް އީރާނަށް އިސްވެ ޓެރަރިސްޓް ހަމަލަ ދިނުމަށްފަހު މިހާރު ރޮނީ އީރާނުން ދޭ ހަމަލަތައް ވަރުދަ ވުމުންނެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ސިފަކުރި ގޮތުގައި މި ހަމަލާތަކަކީ، ޔަހުދީން އީރާނުގެ ނަތަންޒް ނިއުކްލިއާ މަރުކަޒަށް ދިން ހަމަލާގެ "ރައްދު" ހަމަލައެއް ކަމަށެވެ. އެމެރިކާއާއި ޔަހުދީންގެ ޓެރަރިސްޓު ހަމަލަތަކުން އީރާނުން ދިފާއު ވުމަށް މަސައްކަތް ކުރަމުންދާތާ މިހާރު މަސްދުވަސް ވަނީއެވެ.

އީރާނުން ބުނާ ގޮތުގައި މި ހަމަލާގައި އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒުގެ އިސް ސައިންޓިސްޓު ވަނީ ނައްތާލާފައެވެ. އީރާނުން އަރަދުގައި ގެތަކަށް ހަމަލަ ދީފައި ވަނީ ފާހަގަކޮށްފައި ޚާއްސަ ގެތަކަށެވެ. އެއީ އިސް މަސްއޫލުވެރިންގެ ގެތަކެވެ. މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރޭގައި އޭނާ ހިމެނޭކަން ވަނީ ޔަގީން ވެފައެވެ.

އަރަދުއިން 116 މީހުން، އީރާނުން ހަސްފަތާލަށް ފޮނުވާލިއެވެ. ދެ މީހަކު އަދިވެސް އޮތީ އައިސީޔޫގައެވެ.

ދިމޯނާއިން 64 މީހަކު ހަސްފަތާލަށް ފޮނުވާލިއެވެ. އެއިން އެކަކު ވަނީ އައިސީޔޫގައެވެ.

ގިނަ އިމާރާތްތަކުގެ ސިފަވެސް ވަނީ ގެއްލިފައެވެ.

އީރާނުން ޔަހޫދީ ދައުލަތުގެ ޓެރަރިސްޓް ހަމަލަތަކަށް ރައްދު ދިނުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 4,564 މީހުން ހަސްފަތާލަށް ފޮނުވާލި ކަމަށް ވެއެވެ.

ހިއްސާ ކުރައްވާ!