ޒަޔަނިސްޓުންނަށް އީރާނުން ވެލި ކާން ދިނުމުން ޔަހޫދީ މީޑިއާ ބުނީކޭކޭ؟

އިސްރާއީލުގެ މީޑިއާގައި ގިނަ އެނަލިސްޓުންނާއި ބްލޮގަރުން ވަނީ ފަހުގެ ތާރީޚުގައި ހަމާސްއިން ދިން ފަދަ ކާމިޔާބު ހަމަލަތައް އަލުން ތަކުރާރުވެދާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ ފައެވެ. އެމީހުން ވަނީ އިސްރާއީލުގެ ލީޑަރުން "ރައްޔިތުންނަށް އޮޅުވާލަމުންދާ" ކަމަށް ތުހުމަތުކޮށްފައެވެ.

  • ފޮޓޯގްރާފަރު "ބަރާކް" ރުޅިވެރިކަމާއެކު ލިޔެފައިވެއެވެ:
  • "އޮކްޓޫބަރު ހަތެއް ފަދަ ކާރިސާއަކާ އަހަރެމެން ކުރިމަތިލާން ޖެހިފައިވާ ކަމާމެދު އަދިވެސް ތިޔައިގެ ތެރެއިން މީހަކަށް ކުޑަވެސް ޝައްކެއް އެބައޮތް ހެއްޔެވެ؟ އަދި ހަނގުރާމައިގެ މި ނުބައި މަޅިން ސަލާމަތްވާނެ ގޮތެއް ލީޑަރުންނަށް ނޭނގޭ ކަމާމެދު ޝައްކެއް ކުރަން ހެއްޔެވެ؟ އަދި މިހިރަ މޮޔަ މީހާ (ނަތަންޔާހޫ) އަހަރެމެން އެންމެން އަލުން ނަރަކައަށް ވައްދަމުންދާ އިރު، މިބިމުގައި މިހާރު ޔަހުދީންނަށް ވަޠަނެއް އޮތް ކަމަށް ދެކެން ހެއްޔެވެ؟ މި ނުބައި ދޮގުތައް ކިތައް ބުރަށް އަހަންޖެހޭ ހެއްޔެވެ؟ ކިތައް ދަޅަ ދައްކަން ޖެހޭ ހެއްޔެވެ؟ މި އޮޅުވާލުމުގެ މަޅިތަކުގައި ޔަހޫދީން ކިތައް ފަހަރު ޖެހޭނެ ހެއްޔެވެ؟ މި ގައުމުގައި ކަންކަން ހިންގާނެ ވެރިއަކު ނެތްކަން އެމީހުންނަށް ވިސްނޭނީ ކޮން އިރަކުން ހެއްޔެވެ؟"

މީގެ އިތުރުން، އިސްރާއީލުގެ ނޫސްވެރިއަކު އާންމުކުރި ވީޑިއޯއެއްގައި، އަރާދު ސިޓީގެ އަންހެނަކު، ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރި ޔަހޫދީ ފުލުހުންގެ ނުލަފާ ވަޒީރު އިތަމާރު ބެން ގަވީރާ ދިމާއަށް ހަޅޭއްލަވައި، އަޑުގަދަ ކޮށްފައެވެ:
"ކަލޭ ތިޔައީ މީހުން މެރުމަށް ދަންތުރަ ޖަހާ މީހާ ހެއްޔެވެ؟ ކަލޭ ކަހަލަ މީހކަށް މިތަނުން ޖާގައެއް ނެތެވެ! އަހަރެމެންގެ ސިޓީން ނުކުމެގެންދާށެވެ! މިތަނުން ފެއަށް ދާށެވެ!" އަންހެން މީހާ ބުންޏެވެ.

އިސްރާއީލުގެ ޗެނަލް 12 ގެ މަޝްހޫރު ރިޕޯޓަރު ޒިއޯން ނަނޯސް، ބުނަނީ އިސްރާއީލު ސަރުކާރުން ދޭ ރަސްމީ އަންދާޒާތަކުގައި ބޮޑެތި އޮޅުވާލުންތައް ހުންނަ ކަމަށެވެ.

"މީގެ ހަފުތާއެއް ހައި ދުވަސް ކުރިން، ސިޔާސީ އަދި ސަލާމަތީ ފަރާތްތަކުން އަންދާޒާކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ހަމަލާތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށެވެ. މިހާރު އެމީހުން އަންދާޒާކުރަނީ އަންނަ ހަފުތާގައި ހަމަލާތައް އިތުރުވާނެ ކަމަށެވެ. ޖުމްލަކޮށް ބަލާއިރު، މިއީ ނޫސްތަކުގައި ހުންނަ ހޮރޮސްކޯޕް ފަދަ ވާހަކަތަކެކެވެ."

އިސްރާއީލްގެ ޗެނަލް 14 ގެ އަސްކަރީ އަދި ސަލާމަތީ ރިޕޯޓަރު ހިލޭލް ބިޓަން ރޯސެން، ސިފައިންގެ އަމަލުތަކަށް ފާޑުކިޔަމުން ލިޔުނެވެ:

"ގައުމުގެ ދެކުނުގައި ހިނގި ނުރައްކާތެރި ދެ ހާދިސާއަށްފަހު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދެ ބެލިސްޓިކް މިސައިލަކުން ގައުމީ ފެންވަރުގެ ކާރިސާއެއް ކުރިމަތިވާން ދިމާވީ ކީއްވެގެންކަން އާންމުންނަށް ކިޔައިދޭން އިސްރާއީލު ސިފައިން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެއީ ހިސާބު ޖެހުމުގައި ދިމާވި ކުށެއްކަމަށް ބުނެ އެކަން އޮޅުވާލުމަށް މަސައްކަތް ކުރަމުން ދަނީއެވެ."

ރޯސެން އިތުރަށް ބުންޏެވެ: "ވައިގެ ދިފާއީ ނިޒާމުގެ ކާމިޔާބީ 92 އިންސައްތައިގައި ހުންނަ ކަމަށް ބުނަމުން ދާއިރު ކައިރިކައިރީގައި ހުރި ދެ ސަރަހައްދަކަށް އައި ދެ ނުރައްކާ މިސައިލް ހުއްޓުވުމުގައި ނާކާމިޔާބުވުމަކީ ހަމައެކަނި ހިސާބު ޖެހުމުގެ ކުށެއް ނޫނެވެ. އެއީ ތަހުގީގު ކުރަންޖެހޭ ފަންނީ ނުވަތަ ޓެކްނިކަލް ބޮޑު ފޭލިވުމެކެވެ. ނަމަވެސް، ނަން ހާމަނުކޮށް މައުލޫމާތުދޭ އަދި އުނދަގޫ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅުހަދާ އޮފިސަރުންނަށް، ރައްޔިތުންގެ ފުރާނައަކީ މާ މުހިންމު އެއްޗަކަށް ނުވަނީ ކަމަށް ވެދާނެއެވެ."

މީގެ އިތުރުން، 'ވައްލާ' ނިއުސް ވެބްސައިޓުގެ އަސްކަރީ މުހައްލިލު އާމިރު ބުކްބޫތު، ވަނި އިސްރާއީލުގެ އަސްކަރީ ލީޑަޝިޕަށާއި އެމީހުންގެ ބަޔާންތަކަށް ފާޑުކިޔަާފައެވެ:

"އަރާދު އާއި ދިމޯނާއިން ފެންނަ ހިތްދަތި މަންޒަރުތަކާއި، މި އޮޕަރޭޝަން ފެށުނީއްސުރެ އާންމުން މަރުވަމުންދާ އިރުވެސް އަދި އީރާނުން އިސްރާއީލަށް ފޮނުވާލި 400 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލްގެ 92 އިންސައްތަ ކާމިޔާބު ކަމާއެކު އެމެރިކާ ސިފައިންގެ އެހީތެރިކަމާއެކު ހުއްޓުވި ކަމަށް އިސްރާއީލު ސިފައިން ބުނެއެވެ. ހަގީގަތަކީ ދޮގު ހަދައި އަމިއްލައަށް މަޅިތައް ހަދައި، އަމިއްލައަށް އޭގައި މެހިގަންނަނީ އެވެ."

ހިއްސާ ކުރައްވާ!