ތަލް އަބީބުގައި ހުންނަ ސައިބަރ ސެކިއުރިޓީ ކުންފުންޏެއްގެ މައި އޮފީހަށް މިސައިލެއް އަރައިފި

އިސްރާއީލުގެ މެދުތެރޭގެ ތަލް އަބީބުގެ ދެކުނުން އޮންނަ ހޮލޯން ސިޓީއަށް އީރާނުން ފޮނުވާލި މިސައިލް ވެއްޓުމުގެ ސަބަބުން، އިސްރައީލުގެ ދާޚިލީ ސަލާމަތާއި ސައިބަރ ސެކިއުރިޓީގެ ދާއިރާގެ ޚާއްޞަ އިސްރާއީލުގެ "މީރް ގްރޫޕް" ގެ މައި އޮފީހަށް މާއްދީ ގެއްލުންތަކެއް ލިބިއްޖެއެވެ.

ގެއްލުން ލިބުނު މި ކުންފުންޏަކީ، ދާޚިލީ ސަލާމަތާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި ސައިބަރ ސެކިއުރިޓީ، އަދި އިންޓެލިޖެންސް ޓެކްނޮލޮޖީގެ ޚާއްޞަ ހައްލުތައް ފޯރުކޮށްދިނުމުގެ އިތުރުން، މުއާސަލާތީ އިންފްރާސްޓްރަކްޗަރާއި ޓެކްޓިކަލް މެސެޖިންގ ސިސްޓަމްތައް ތަރައްޤީކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

މި މިސައިލް ހަމަލާތައް އައިސްފައިވަނީ ނަޤަބް ސަރަޙައްދުގައި އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒު ދީމޯނާއަށާއި އަދި ދިމޯނާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާތައް ދިރިއުޅޭ އަރާދު ސިޓީއަށް އީރާނުން އަމާޒަށް ފޮނުވާލި ދެ މިސައިލް ވެއްޓުނު ހާދިސާއަށް ފަހުއެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ވަރަށް ވުރެން ގިނައިން މީހުން ދެ ތަނުންވެސ ްމަރުވެފައިވާ ކަމަށް ބެލެވެއެވެ. ސެޓެލައިޓް މަންޒަރުތަކުން އެނގޭ ގޮތުގައި މީހުން ހޯދުމުގެ މަސައްކަތް އަދި ކުރިއަށް ގެންދެއެވެ. އަދި މޮބައިލް މޯގްތައްވެސް އެތަނަށް ގެންގޮސްފައި ވެއެވެ. ބެލެވޭ ގޮތުގައި ޔަހޫދީ ނިއުކްލިއަރ ސައިންޓިސްޓުންގެ ހެޔޮވަރު އދަދެއް ނައްތާލެވިފައި ވެއެވެ.

މީރް ގްރޫޕްގެ އިރާމާރާތުން ފެންނަ މަންޒަރުތަކަށް ބަލާއިރު، މިސައިލްގެ ބޮޑު ބައެއް ވެއްޓިފައިވަނީ ކުންފުނީގެ އިމާރާތާ އިންވެގެން އޮތް މަގުގެ މެދަށެވެ. މީގެ ސަބަބުން ވަށައިގެންވާ ސަރަޙައްދަށް ގެއްލުންތައް ލިބިފައިވެއެވެ.

މި ބިލްޑިންގަކީ، ޔަހޫދީންގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭތަކާ އެއް ކިލޯމީޓަރަށްވުރެ ކައިރީގައި ހުރި އިމާރާތެކެވެ. މި ކައިރިމިނުން ދޭހަވަނީ މިސައިލްތަކާއި އޭގެ ބައިތައް ވެއްޓުނު ސަރަޙައްދުތަކުގެ ހައްސާސްކަމެވެ. އަދި މިއީ އިސްރާއީލުގެ އެންމެ މުހިންމު އެއް ސްޓްރެޓިޖިކް މަރުކަޒަކާ ނުހަނު ގާތަށް އީރާނުން ކުރިމަތި ކޮށްލި ނުރައްކަލެއްކަން ހާމަވެއެވެ.

މީގެ އިތުރުން، އިސްރާއީލުގެ އެއާޕޯޓްސް އޮތޯރިޓީން ބުނެފައިވަނީ، ބެން ގޫރިއަން އެއާޕޯޓުގައި އޮތް 3 ޖެޓަކަށްވެސް އީރާނުގެ ހަމަލަ އަމާޒުވެގެން ހަލާކު ވެފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!