އިސްރާއީލަކީ ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއް، ފިޔަވަޅު އަޅައިދީ: އދ. ގެ ޚާއްޞަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް،

ޔަހޫދީ ގައުމަކީ "ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކަލެއް" ކަމަށް ސިފަ ކުރައްވަމުން އދ. ގެ ޚާއްޞަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީޒް، އދ. ގެ މެންބަރު ގައުމުތަކަށް އިލްތިމާސްކުރައްވަނީ އަވަސް ގޮތަކަށް އިސްރާއީލު ހުއްޓުވުމަށް މަސައްކަތް ކޮށް ދިނުމަށެވެ.

އދއަށް ހުށަހެޅުމަށް ތައްޔާރު ކުރަމުންދާ ރިޕޯޓާ ގުޅޭ ގޮތުން އެކްސްގައި ޕޯސް ޚުރައްވަމުން އޭނާ ވިދާޅުވިއެވެ.

"އދ. ގެ މެންބަރު ގައުމުތަކަށް ގޮވާލަން!، އަޅުގަނޑުގެ 8 ވަނަ ރިޕޯޓު އދ. އަށް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން: އިސްރާއީލަކީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކަލެއް. އެ ގައުމުން ހިންގާފައިވާ އެންމެ ބޮޑެތި ޖަރީމާތައް އަޅުގަނޑުވާނީ ލިޔެކިޔުންތަކުން ސާބިތުކޮށްދީފަ. މިހާރު، ފިޔަވަޅު އެޅުމާއި، އެކަން ހުއްޓުވުމާއި، ކުށެއް ނެތް މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޒިންމާ އޮތީ ތިޔަބޭފުޅުންގެ އަތްމަތީގަ."

1948 ވަނަ އަހަރުން ފެށިގެން މެދުއިރުމަތީގައި އެންމެ ގިނައިން އުމްރާނީ ވަސީލަތްތައް ސުންނާފަތިކޮށް، މުޖުތަމައުތައް ރަށްވެހިކަމުން މަހުރޫމުކޮށް، ނުވަތަ ގިނަ ހަނގުރާމަތަކެއް ކޮށްފައިވާ ހަމައެކަނި ގައުމަކީ ޔަހޫދީ ގައުމެވެ.

އަލްބަނީޒް ގެ ރިޕޯޓު އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅުއްވާނީ މާރިޗު 25 ގައިއެވެ.

ރިޕޯޓުގެ އަމާޒަކީ، ޔަހުދީ ދައުލަތުގެ "އަނިޔާކުރުމާއި ނަސްލު ނައްތާލުން" ކަމަށް ބުނެއެވެ.
"ޓޯޗަރ އެންޑް ޖެނޮސައިޑް" އަނިޔާކުރުމާއި ނަސްލު ނައްތާލުން މިނަމުގައި ނެރޭ ރިޕޯޓަކީ، 2023 އޮކްޓޫބަރުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއްގެ ގޮތުގައި އަލްބަނީޒް ތަކުރާރުކޮށް ފާހަގަކުރައްވާފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ކުރީގެ ބްރީފިންތަކުން އެނގޭ ގޮތުގައި، މި ލިޔުމުގައި ފަލަސްތީނު މީހުންނަށް ނިޒާމީ ގޮތެއްގައި ޔަހުދީ ދައުލަތުން އަނިޔާކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މިއީ ނަސްލީ ތަފާތުކުރުމާއި ޖަމާއީ އަދަބު ދިނުން ހިމެނޭ، އިސްތިއުމާރީ މަޝްރޫއެއްގެ ބައެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.

މި ރިޕޯޓުގެ ނުކުތާކަށް ބާރުދިނުމުގެ ގޮތުން 300 އަށްވުރެ ގިނަ ހެކިވެރިންގެ ހެކިބަސް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ރަހޫނުކޮށްފައި ތިބޭ ތަންތަނުގައާއި އެ ނޫން ތަންތަނުގައި ހިންގާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ތަފްސީލުތައްވެސް ހިމެނެއެވެ.

އަލްބަނީޒް ވިދާޅުވާ ގޮތުގައި ޔަހުދީ ދައުލަތުގެ އަމަލުތަކުން ފެންނަނީ "ހަލާކުކޮށްލުމުގެ ނިޔަތެއް" ކަމަށާއި، މިއީ ޖަމާއީ ބަދަލުހިފުމުގެ އުސޫލެއްގެ ބައެއް ކަމަށެވެ.

ނަސްލު ނައްތާލުން ހުއްޓުވުމާ ބެހޭ މުއާހަދާގެ ދަށުން، ބޮޑެތި ޖަރީމާތައް ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު ދައުލަތްތަކަށް އޮންނާނެ ކަމަށް އަލްބަނީޒް ޒަމާނުއްސުރެ ވިދާޅުވަމުން ގެންދަވައެވެ. މީގެ ކުރިންވެސް އޭނާ ވަނީ ހަތިޔާރު ސަޕްލައި ކުރުން މަނާކުރުމަށާއި، ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، މި ޖަރީމާތަކުގައި ބައިވެރިވުމުން ބަރީއަވުމަށްޓަކައި ދޭދޭ ގުޅުންތައް މުރާޖައާ ކުރުމަށް ގޮވާލައްވާފައެވެ.

އޭނާގެ ކުރިއަށް އޮތް ރިޕޯޓުގެ ސަބަބުން ހިއުމަން ރައިޓްސް ކައުންސިލްގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތައް އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ބައެއް ގައުމުތަކުން ޒިންމާދާރުކުރުވުމުގެ ވަރުގަދަ ފިޔަވަޅުތަކަށް ބާރުއަޅާއިރު، އަނެއްބައި ގައުމުތަކުން ދަނީ އިސްރާއީލުގެ ޖެނޮސައިޑް އަމަލުތައް ހިމާޔަތްކުރަމުންނެވެ.

  • 1948 ވަނަ އަހަރުން ފެށިގެން، މެދުއިރުމަތީގައި:
  • އާންމުންގެ އުމްރާނީ ވަސީލަތްތައް އެންމެ ގިނައިން ސުންނާފަތިކޮށްފައި ވަނި އިސްރާއީލުން
  • މުޖުތަމައުތައް ހަލާކުކޮށް، މީހުން ރަށްވެހިކަމުން މަހުރޫމުކޮށްފައި ވަނި އިސްރާއީލުން
  • ގިނަ ދުވަހު އެހެން ގައުމުތަކުގެ ބިންތަކަށް ވެރިވެގަނެގެން އިސްތިއުމާރުކޯށްފައި ވަނީ އިސްރާއީލުން
  • އެންމެ ގިނަ ހަނގުރާމަ ފަށާފައި ވަނީ އިސްރާއީލުން
  • މި ހުރިހައި ހިންގާފައި ވަނީ ކަމެއްވެސް އެމެރިކާގެ އެހީތެރިކަމާއެކު އަރަބި އިންވެސްޓްމެންޓްތަކުން ވާގި ލިބިގެން
  • އަރަބިން އަފްޣާނިސްތާނުގައި ޖިހާދަށް ގޮވާލިއިރު އިސްރާއީލާ ދެކޮޅަށް ޖިހާދަށް ގޮވާލާކަށް ނުކެރުނު
ހިއްސާ ކުރައްވާ!