ދިވެހިރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން: އިޤްތިޞާދީ އައު އުސްމިންތަކަކަށް

ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ތަކުގައި ހިންގިދާނެ މަސައްކަތްތަކާއި އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑުތައް އަލުން ކަނޑައަޅުއްވައި އިޢުލާނު ކުރައްވާފައެވެ.

އެސް.އީ.ޒެޑް ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން، ކޮންމެ އަހަރަކުވެސް ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާއާއެކު، ޒޯންތަކުގައި ކުރެވޭނެ މަސައްކަތްތަކާއި އިންވެސްޓްމަންޓުގެ މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހެއެވެ.

މި އަހަރުގެ ފެބުރުވަރީ މަހުގެ ކުރިން މިކަން މުރާޖަޢާކޮށް، ޤަރާރު ނަންބަރު 1/2026 އިން ވަނީ އައު އުޞޫލުތައް ޢާންމުކުރައްވާފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

އައު ޤަރާރުގައިވާ ގޮތުން، އެސް.އީ.ޒެޑްގެ ދަށުން ހިންގޭ މަޝްރޫޢުތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެއެވެ.

  1. ފުރަތަމަ ބަޔަކީ ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތަކެވެ. މީގެ ތެރޭގައި އިޤްތިޞާދަށް ނުހަނު ބޭނުންތެރި ނުވަ ބާވަތެއްގެ މަސައްކަތް ހިމެނެއެވެ.
  2. ދެވަނަ ބަޔަކީ 'ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް' މަޝްރޫޢުތަކެވެ. މިފަދަ މަޝްރޫޢުތަކުގެ އެންމެ ކުޑަ އިންވެސްޓްމަންޓަކީ 500 މިލިޔަން އެމެރިކާ ޑޮލަރެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް ސަރުކާރުން ދެއްވާ އިސްކަން މި ޤަރާރުން ހާމަވެއެވެ. 500 މިލިޔަން ޑޮލަރުގެ މި ބޮޑު އިންވެސްޓްމަންޓް ޚާއްޞަކުރަންވާނީ ސީދާ ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށެވެ. މީގެ ސަބަބުން ރާއްޖޭގެ ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްޤީ ޒަމާނީ ފެންވަރަކަށް ބަދަލުވެ، ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ޤާއިމުވެގެންދާނެއެވެ.

Muizzu Launches Maldives’ First Sustainable Township Project, a $790 Million SEZ Development

އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ހިމަނުއްވާފައިވެއެވެ. އެއީ:

  1. އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.
  2. ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.
  3. ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
  4. ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައި.ސީ.ޓީއާ ގުޅޭ ފެސިލިޓީތައް.
  5. އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
  6. އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ.
  7. ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
  8. ފުޑް ސެކިއުރިޓީގެ ދާއިރާ.
  9. ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.

މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ބޭރު ފައިސާ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާނެ ކަމެކެވެ. ޚާއްޞަކޮށް ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ކުޑަވެގެންދާނެއެވެ.

Maldives Under President Muizzu Moves to Recast Special Economic Zones to Attract Major Foreign Investment

ހިއްސާ ކުރައްވާ!