ދުބާއީ ފުލުހުންގެ ބޮޑު މީހާގެ ނަޖިސް ވާހަކައެއް!

މެދުއިރުމަތީގައި އެއްކޮޅުން އެމެރިކާއާއި އިސްރާއީލް އަދި އަނެއްކޮޅުން އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ސަރަހައްދުގެ ގައުމުތަކުން ޖެނޮސައިޑް އިސްރާއީލާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށް ގަލްފުގެ ގައުމުތަކަށާއި އެ ގައުމުތަކުގެ ރައްޔިތުންނަށް ދުބާއީގެ ފުލުހުންނާއި އާންމު ސަލާމަތާ ބެހޭ އިދާރާގެ ނައިބު ރައީސް، ލެފްޓިނަންޓް ޖެނެރަލް ޟާހީ ޚަލްފާން، ގޮވާލައްވައިފިއެވެ.

ޔަހޫދީ ދައުލަތާއެކު އެންމެ ބަދަހި ގުޅުން ބާއްވާ މުސްލިމު ގައުމުގެ މި މަސްއޫލުވެރިޔާ އަންގާރަ ދުވަހު "އެކްސް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

"އޭ އަރަބި ގަލްފުގެ އަހުލުވެރިންނޭވެ! އިސްރާއީލާއެކު އޮންނަ ގުޅުމާއި އެއްބާރުލުން ވަރުގަދަކުރާށެވެ! މިއީ ނަސޭހަތެކެވެ! ސަރަހައްދުގެ (އެހެން) ގައުމުތަކުގެ ފުށުން އެއްވެސް ހެޔޮކަމެއް ލިބޭކަށެއް ނެތެވެ."

އަދި އެހެން ޕޯސްޓެއްގައި، ދުބާއީގެ ފުލުހުންނާއި އާންމު ސަލާމަތާ ބެހޭ ނައިބު ރައީސް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ، މި ސަރަހައްދުގެ މައްޗަށް ފާރިސީންގެ ބާރު ފޯރުވުމަށްޓަކައި އީރާނުން އުފައްދާފައިވާ ފަނާކުރަނިވި ހަތިޔާރުތައް ނައްތާލުމަށްޓަކައި ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

އޭނާގެ ފޮޓޯއެއް މިފެންނަނީ:

ހިއްސާ ކުރައްވާ!