ގިނަ އަދަދެއްގެ ކާޅުތައް އިސްރާއީލް އިސްތިއުމާރުކޮށްފި

ޓެލް އަވީވްގެ އުޑުމަތިން ފެނިގެންދިޔަ ހާހުން ގުނޭ ގިނަ އަދަދެއްގެ ކާޅު އައިނެއް، އުސް އިމާރާތްތަކުގެ މަތީގައި ބުރުޖަހަމުން ދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ. ކާޅުތައް ބުރުޖަހާ މަންޒަރު ފެންނަ ވީޑިއޯތަކާ ގުޅިގެން، ބައެއް މީހުން އެއީ "ބޮޑު މުސީބާތެއްގެ ނިޝާނެއް" ކަމަށް ސިފަކުރަމުން ދެއެވެ. އަނެއް ބަޔަކު އެކަން ދީނީ ފޮތްތަކުގައިވާ ބަސްތަކާއި ނުވަތަ އީރާނުން ދޭ ހަމަލަ ތަކާ ގުޅުވައެވެ.

ގިނަ ބަޔަކު ހިއްސާކުރި އެއް ޕޯސްޓެއްގައި އިންޖީލާ ހަވާލާދީ ބުނަނީ އެއީ ޔަހޫދީންގެ މުޅަ މަސް ކެއުމަށް އެއްވާ ކާޅު ތަކެއް ކަމަށެވެ. ނަމަވެސް އެ މަސްތައް ނުބައި ކަމުން އެ ސޮރުމެން ރުޅި ގަދަވެގެން ރަށް މަތިން ހޯރަ އަޅަނީ ކަމަށެވެ.

އިސްރާއީލުން ބުނަނީ މިއީ ކޮންމެ ބަހާރު މޫސުމުގައި އާލާވާ ކާޅުތަކެއް ކަމަށެވެ. ނަމަވެސް މި މަންޒަރު ފެނިފައި ގިނަ ބަޔަކު ބުނަނީ މިއީ އިސްރާއީލުގެ ދައުލަތް ނިމި ބޮޑު ވަޒިރު މަރުވުމަށް ދޭ އިލާހީ ނިޝާނެއް ކަމަށެވެ.

މިއަހަރަކީ ނަތަންޔާހޫ ނިމޭ އަހަރުކަމަށް ލަފާކޮށްފައި ވެއެވެ. އަދި އޭނާއަކީ އިސްރާއީލު ދައުލަތުގެ އެންމެ ފަހު ބޮޑު ވަޒީރު ކަމަށްވެސް ބުނެއެވެ. ކާޅުތަކުން ދޭ މެސެޖަކީ، އިސްރާއީލުން އެމީހުންގެ ނުލަފާ ވެރިމީހާ ވަޅުލުމަށް ދޭ މެސެޖެއް ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!