ޔަހޫދީން ކައިގެން ބިލު ނުދައްކަން އައު އުކުޅެއް ބޭނުން ކުރަން ފަށައިފި

ސަލާމަތީ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ވިޔަފާރިތަކަށް ބުރަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުގެ އިގްތިސާދީ ރިޕޯޓެއްގައި ބުނަނީ ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ޔަހޫދީންގެ ފަރާތުން އައު މުސޫބާތެއް ދިމާވަމުންދާ ކަމަށެވެ.

ޔަހޫދީން އަގު ބޮޑު ރެސްޓޯރެންޓުތަކަށް ކާން ދަނީ އީރާނުން ހަމަލަ ދޭނެ ކަމަށް ލަފާކޮށްފައި އވަގުތާ ދިމާވާ  ގޮތަށެވެ. އަދި ކައި ނިމިގެން ތިއްބައި މިސައިލް ހަމަލަ އަންނަ ކަމަށް މަރުގެ އިންޒާރުގެ ރަނގަބީލު ޖެހުމުން އެންމެން ބިލު ނުދައްކައި ތަން ދޫކޮށް ފިލަން ދުއްވައި ގަނެއެވެ.

އެގޮތުން ކަސްޓަމަރުން ރައްކާތެރި ތަންތަނަށް ދާން ދުވާ ކަމަށް ހެދިގެން، އެތައް ސަތޭކަ ޝެކޭލްއެއްގެ ބިލްތަކަށް ފައިސާ ނުދައްކާ ފިލައި ރައްކާ ވެދެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފައިސާ ނުދައްކާ ކަސްޓަމަރުން ދިއުމަކީ ހަނގުރާމައިގެ ކުރިންވެސް އާންމުކޮށް ޔަހޫދީ ބޭފުޅުން ކުރައްވާ ކަމެކެވެ. ނަމަވެސް މިހާރު މިއީ ކުއްލި ނުރައްކަލުގެ ހާލަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް ހިންގާ "އޮޅުވާލުމުގެ ޔަހޫދީ އަމަލުތަކަކަށް" ވަނީ ބަދަލުވެފައެވެ.

މަރުގެ އިންޒާރު ދޭ ސައިރަންގެ އަޑާއެކު އުފެދޭ ހާސްކަމުގެ ތެރޭގައި، އެންމެންވެސް އަމިއްލަ ސަލާމަތަށްޓަކައި ދުއްވައިގަންނަ އިރު، ބައެއް މީހުން މިއީ ބިލް ދެއްކުމެއް ނެތް ގޮތަށް އެތަނުން ފިލައިގެން ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ދެކެއެވެ.

ތެލް އަވީވްގެ ރެސްޓޯރަންޓެއްގެ ވެރިއަކު ކިޔައިދިން ގޮތުގައި: "އެއްފަހަރަކު ހަތަރު މީހުންގެ ގްރޫޕެއް، ސައިރަން އެޅުމާއެކު ރައްކާތެރި ސަރަހައްދަށް ވަނުމަށްޓަކައި މޭޒު ދޫކޮށް ދިޔައެވެ. ނަމަވެސް އިންޒާރުގެ ވަގުތު ހަމަވުމުންވެސް އެމީހުން އެނބުރި ނާދެއެވެ. މީގެ ސަބަބުން އެންމެ ކެއުމަކުން އެތައް ސަތޭކަ ޝެކޭލްއެއްގެ ގެއްލުން ވިއެވެ."

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރެސްޓޯރަންޓްތަކުގެ ވެރިންނަށް މިހާރު ވަނީ އަޚުލާގީ އަދި ހިންގުމުގެ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ބައެއް ވެރިން އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި "ކުރިން ފައިސާ ދައްކާ" ނިޒާމެއް ގާއިމުކުރަން މަޖުބޫރު ކުރަން ފަށާފައި ވެއެވެ. އަނެއް ބަޔަކު އެކަމާ ދެކޮޅު ހަދަނީ ރެސްޓޯރަންޓްތަކުގެ މެހެމާންދާރީއާއި ހިތްހަމަޖެހުމުގެ މާހައުލު ގެއްލިދާނެ ތީއެވެ.

އެހެންނަމަވެސް، ވިޔަފާރިވެރިން ބުނާ ގޮތުގައި ޔަހޫދީ ބޭފުޅުންްގެ މިފަދަ ގޮތް ކުޑަ އަމަލުތައް މި ފެންނަނީ ނާޒުކު ދަނޑިވަޅެއްގައެވެ. ގިނަ ވިޔަފާރިތަކެއް މިހާރުވެސް ހިންގަމުންދަނީ ގެއްލުމުގައެވެ. އެމީހުން ތަންތަން ހުޅުވައިގެން ތިބީ ހަމައެކަނި މުވައްޒަފުންގެ ވަޒީފާ ހިމާޔަތްކުރުމަށާއި މުޖުތަމައަށް ޚިދުމަތް ދިނުމަށެވެ. ގިނަ ބަޔަކު މި ހާލަތުގެ ބޭނުން ހިފަނީ ހިލޭ ކައިބޮއެ ހެދުމަށެވެ.

ރެސްޓޯރަންޓްތަކުގެ ވެރިން ޔަހޫދީ ބޭފުޅުންގެ މި އަމަލުތައް ސިފަކުރަނީ "ފޭރުމުގެ" ގޮތުގައެވެ.

ހިއްސާ ކުރައްވާ!