ޔަހޫދީން 2 ނޫސްވެރިން ޝަހީދުކޮށް އެކަމަށް އުފާކޮށްފި

އިސްރާއީލުގެ ޖެނޮސައިޑް ބާރުތަކުން ލުބުނާނުގެ ދެކުނަށް ދިން ވައިގެ ހަމަލާތަކެއްގައި ދެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތަކުގައި ޝަހީދު ކޮށްފައިވަނީ ހިޒުބުﷲގެ އަލްމަނާރު ޓީވީގެ ރިޕޯޓަރު އަލީ ޝުޢައިބް އަދި އަލްމަޔާދީން ޓީވީގެ ރިޕޯޓަރު ފާތިމާ ފަތޫނީއެވެ.

ޖެނޮސައިޑް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ ސަފުތަކުން ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވަމުންދިޔަ އަލްމަނާރުގެ ރިޕޯޓަރު އަލީ ޝުޢައިބަށް އަމާޒުކޮށް ހަމަލާދީ އޭނާ ޝަހީދުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ލުބުނާނުގެ ދެކުނުގެ ހަޒީން ސަރަހައްދަށް ދިން ހަމަލާއެއްގައި އަލްމަޔާދީންގެ ނޫސްވެރިޔާ ފާތިމާ ފަތޫނީ ޝަހީދު ކުރި ކަމަށްވެސް ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. އައުން ރައީސް ވިދާޅުވީ "އިސްރާއީލުގެ އުދުވާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަނގުރާމައިގެ އަސާސީ އުސޫލުތަކާ ހިލާފަށް ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކެއް" ކަމަށެވެ. އަދި ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އެޅުމަށް ގޮވާލެއްވިއެވެ.

މި ނޫސްވެރިން ޝަހީދުކޮށްލުމުގެ މައިގަނޑު ބޭނުމަކީ، ފާއިތުވި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫއޭއީގައި އެމެރިކާގެ 500 އަށްވުރެ ގިނަ ސިފައިންނާއި ޔޫކްރެއިންގެ 21 ސިފައިން މަރުވި ހާދިސާ އާއި އިސްރާއީލު ސިފައިންނަށް ކުރިމަތިވަމުންދާ ބަލިވުންތަކުން ދުނިޔޭގެ ސަމާލުކަން އަނބުރާލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެނޮސައިޑް އިސްރާއީލަކީ އެންމެ ގިނައިން ނޫސްވެރިން މަރާފައިވާ ގައުމެވެ.

ހިއްސާ ކުރައްވާ!