ޣައްޒާ ސިޓީގެ މެދުތެރޭގައި 48 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައިވާ އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްއަކީ، ތިން ބޮޑު ހޮސްޕިޓަލާއި އެތައް ޑިޕާޓްމަންޓްތަކަކާއި ލެބޯޓްރީތަކާއި ކްލިނިކްތައް ހިމެނޭ، ފުރިހަމަ ސިއްހީ ފަރުވާގެ ޚިދުމަތް ދިން ސިޓީއެއް ފަދަ ތަނެކެވެ.
އެތާގެ ހަލަބޮލިކަމާއި ބޮޑުކަމުން "އަލްޝިފާ" ވެފައިވަނީ ބޭރު ގައުމުތަކުން އަންނަ ވަފުދުތައް ހައިރާންކޮށްލި ބެސްފަރުވާގެ މަރުކަޒަކަށެވެ. އެ ވަފުދުތަކުން އެތަން ދޫކޮށް ދަނީ "އަލްޝިފާ އަކީ އަވަށްޓެރި ގައުމުތަކުގެ ހޮސްޕިޓަލްތަކާ އެއްވަރުގެ، ނުވަތަ އެއަށްވުރެ ވެސް ކުރިއަރާފައިވާ ތަނެއް" ކަމަށް ބުނަމުންނެވެ.

އައްޝިފާ ހޮސްޕިޓަލްގެ ކޮރިޑޯތަކުގެ ތެރޭގައި، ފަލަސްތީނުގެ ސާޖަނުން އަހަރަކު ގާތްގަނޑަކަށް 32 ހާސް އޮޕަރޭޝަން ކުރަމުންދިޔައެވެ. އޭގެ ތެރޭގައި ހިތުގެ ކެތީޓަރައިޒޭޝަން އާއި ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަން ހިމެނެއެވެ. އަދި ކޮންމެ ދުވަހަކު ޣައްޒާގެ އެކި ސަރަހައްދުތަކުން ގާތްގަނޑަކަށް އެއްހާސް ބަލިމީހުންނަށް ފަރުވާދެމުން ދިޔައީ، ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކަކާއެކުވެސް ސާބިތުކަމާއެކު އޮތް ސިއްހީ ނިޒާމެއްގެ ތެރެއިންނެވެ.
10 ނޮވެމްބަރު 2023 ގައި، ޔަހޫދީ ޖެނޮސައިޑް ބާރުތަކުގެ އަސްކަރީ އުޅަނދުތައް އައްޝިފާ ހޮސްޕިޓަލާ ދިމާލަށް ކުރިއަށްޖެހި، އެތަން ހިސާރުކުރިއެވެ.
ކަރަންޓާއި ފެން ކަނޑާލައި، ސާމާނު އެތެރެކުރުން ހުއްޓުވިއެވެ. ހަމައެއާއެކު، ބަލިމީހުންނާއި މުވައްޒަފުން މެދުނުކެނޑި ހަމަލާތަކުގެ ދަށުގައި ބޭތިއްބުމަށްޓަކައި، މަތިންދާބޯޓުތަކުން ހަމަލާދެމުން ދިޔައެވެ. މިއީ ދިރިއުޅުމުގެ ހުރިހާ ސިއްހީ ބިންގާތަކަކަށް ނިޒާމީ ގޮތެއްގައި އަމާޒުކުރި ޓެރަރިސްޓް ޔަހޫދީ ހަމަލާތަކެވެ.

ޑރ އަބޫ ސަލްމިއްޔާ ވިދާޅުވާ ގޮތުގައި، އޭނާ ހައްޔަރުކުރުމަކީ ޔަހޫދީން ހިންގި ގަތުލުއާންމުގެ ތެރެއިން ސިއްހީ މުވައްޒަފުންނަށް އަމާޒުކުރުމުގެ ސާފު ނިޒާމެއްގެ ބައެކެވެ. އޭނާ ހައްޔަރުކުރީ އަލްޝިފާ ކޮމްޕްލެކްސްގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ހޮސްޕިޓަލުން ނުކުތް ވަގުތު އެވެ.
އޭނާ ހައްޔަރުގައި ހުރި ދުވަސްވަރު، މާޗް 2024 ގައި، އައްޝިފާ އަށް 80 އަހަރުގެ ތާރީޚުގައި ކުރިމަތިވި އެންމެ ވަރުގަދަ ޓެރަރިސްޓް ޔަހޫދީ ހަމަލަތަކާ ކުރިމަތިލާން ޖެހުނެވެ. ޔަހޫދީ ޓެރަރިސްޓް އޮފިސަރުން އޭނާ ތަހުގީގު ކޮޓަރިއަށް ގެންދިޔައެވެ. އެތަނުން ތަހުގީގުކުރާ މީހާ އޭނާއާ ދިމާއަށް ބުންޏެވެ: "އަހަރެމެން އަލްޝިފާ އެއްކޮށް ސުންނާފަތިކޮށްލައިފީމެވެ."
އެއީ ހަމައެކަނި ދޮގުގެ މައްޗަށް ބިނާވެފައިވާ ނަފްސާނީ ފިއްތުމެއް ކަމަށް އޭނާ ގަބޫލުކުރި އެވެ. ނަމަވެސް، ފަހުން ހައްޔަރުކުރެވުނު ފަލަސްޠީނުގެ އެހެން މީހުންގެ ފަރާތުން އިވުނު ވާހަކަތަކުން، "އަލްޝިފާ އެއްކޮށް ނައްތާލެވިއްޖެ" ކަމަށް ތަކުރާރުކޮށް ކަށަވަރުވިއެވެ. އަދި އޭނާ ބިރުގަތް ކަންތައް ހަގީގަތަކަށް ވެއްޖެކަން އިހުސާސް ކުރެވުނެވެ.

ޔަހޫދީން އައްޝިފާއި މީހަކަށް ބޭނުން ކުރަން އެކަށީގެންވާ އެއްވެސް އެއްޗެއް ބާކީ ދޫކޮށެއް ނުލައެވެ. އަދި މިއީ ނިޒާމީ ސިއްހީ ގަތުލުއާންމުގެ އާ މަރުހަލާއަކަށް ހުޅުވުނު ދޮރެކެވެ. އެއީ ހަމައެކަނި އިމާރާތްތަކަށް ބޮން އެޅުމެއް ނުވަތަ ޑިޕާޓްމަންޓްތައް ހުއްޓުވުމެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި ސިއްހީ ނިޒާމު ދުނިޔެއިން ފޮހެލުމުގެ ޔަހޫދީ އޮޕަރޭޝަނެކެވެ.
އައްޝިފާގެ އޮޕަރޭޝަން ތިއޭޓަރުތަކާއި، އިމޭޖިން މެޝިންތަކާއި، އައި.ސީ.ޔޫ ތަކާއި މުހިންމު ޑިޕާޓްމަންޓްތައް ޔަހޫދީން ސުންނާފަތިކޮށްލިއެވެ. ކޮންކްރީޓް ކުނިތަކުގެ ދަށުގައި އިންސާނުންގެ ގަބުރުތައް ވިއެވެ، އަދި ޔަހޫދީން މަރާލި އެހެން މީހުންނައް ކާކުކަން ނޭނގޭ ގޮތަށް ޖަމާއީ މަގްބަރާތަކުގައި ވަޅު ލިއެވެ.
އޭޕްރީލް 2024 ގައި އަލްޝިފާ އަށް ގަދަވެގަނެ، އެތަން ޚިދުމަތުން ބޭރުކޮށްލުމަކީ ޣައްޒާގެ ސިއްހީ ނިޒާމުގެ ހިތް ހުއްޓުވާލި ހަމަލާއެކެވެ. މިއާއެކު ސިއްހީ ގަތުލުއާންމު އޭގެ އެންމެ އަނިޔާވެރި މަރުހަލާއަށް ވަދެގެން ދިޔައެވެ. މި ބޮޑު ހުސްކަމުގެ ތެރެއިން، ޣައްޒާގެ "ބެޕްޓިސްޓް" ހޮސްޕިޓަލް ޣައްޒާ ސިޓީގެ އެންމެ ފަހު ސިއްހީ ދިފާއީ މަރުކަޒުގެ ގޮތުގައި ފާހަގަ ވެގެން ދިޔައެވެ.

ނަމަވެސް ޔަހޫދީން އެތަނުގެ ވަށައިގެންވާ ހުރިހާ ވަސީލަތްތަކެއް ނައްތާލި އެވެ. އޮގަސްޓް 2025 އާ ދެމެދު ޔަހޫދީން ހިންގި އޮޕަރޭޝަނުގައި އެ ސަރަހައްދުގެ ގިނަ ހޮސްޕިޓަލްތައް ނައްތާލި އެވެ.
ޔަހޫދީން ހިންގި ނަސްލު ނައްތާލުމުގެ މި ހަނގުރާމައިގެ ސަބަބުން 38 ހޮސްޕިޓަލުގެ ތެރެއިން 18 ހޮސްޕިޓަލެއް މުޅިން ހުއްޓުމަކަށް އައެވެ. ބާކީ ހުރި ތަންތަން ޚިދުމަތް ދެމުން ދިޔައީ ވަރަށް މަދު މިންވަރަކަށެވެ. މީގެ އިތުރުން، އެނދުތަކުގެ ކެޕޭސިޓީ ވަނީ ނުރައްކާތެރި ދަރަޖައަކަށް ދަށްވެފައެވެ.
މާލީ ގޮތުން ބަލާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އަންދާޒާތަކުން ދައްކާގޮތުގައި، ޔަހޫދީން ޣައްޒާގެ ސިއްހީ ނިޒާމަށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުން 7 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑެވެ.
ނަމަވެސް، އެންމެ ބޮޑު އުނިކަމެއް ލިބުނީ އިންސާނީ ވަސީލަތްތަކަށެވެ. ޣައްޒާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 1,701 މުވައްޒަފުން ޝަހީދުވެފައިވެއެވެ. 363 މީހަކު ވަނީ ވަގަށް ނަގާފައެވެ. އަދި ހަނގުރާމައިގެ ތެރޭގައި ގާތްގަނޑަކަށް 700 ޑޮކްޓަރުން ވަނީ ޣައްޒާ ދޫކޮށް ގޮސްފައެވެ. މީގެ ތެރޭގައި ހާއްސަ ދާއިރާތަކުގެ ގިނަ އަދަދެއްގެ މާހިރުން ހިމެނެއެވެ.
މި ހުސްކަން ފޫބެއްދުމަށްޓަކައި، ޣައްޒާގެ ހެލްތު މިނިސްޓްރީން ބަރޯސާވީ ފަލަސްތީން މެޑިކަލް ބޯޑު ޕްރޮގްރާމްގައި ހިމެނޭ ޑޮކްޓަރުންނަށެވެ. ހަނގުރާމައިގެ ތެރޭގައި ގާތްގަނޑަކަށް 180 އޮފިސަރުން ތަމްރީނު ފުރިހަމަކޮށްފައިވާއިރު، މިހާރުވެސް 350 އަށްވުރެ ގިނަ ޑޮކްޓަރުން އެ ޕްރޮގްރާމްގައި ދަނީ ތަމްރީނުވަމުންނެވެ.
ޔަހޫދީންގެ ހަލާކުު ކުރުމާއެކު ސިއްހީ އާލާތްތަކުގެ ދާއިރާ ވަނީ ގާތްގަނޑަކަށް މުޅިން އިނދަޖެހިފައެވެ. ޣައްޒާގައި މިހާރު އެންމެ އެމް.އާރް.އައި މެޝިނެއްވެސް ނެތެވެ. 17 ސީ.ޓީ މެޝިނުގެ ތެރެއިން ބާކީ ހުރީ އެންމެ 6 މެޝިނެވެ. އެ ތަކެތިވެސް ސްޕެއާ ޕާޓްސް ނެތުމުގެ ސަބަބުން ހުއްޓުމުގެ ބިރު އެބައޮތެވެ. އަދި އެކްސްރޭ މެޝިންތަކުގެ އަދަދު 75 އިން 23 އަށް ދަށްވެފައިވެއެވެ. ކިޑްނީ ޑަޔަލަސިސް މެޝިންތަކުގެ އަދަދު ވަނީ 170 އިން 93 އަށް މަދުވެފައެވެ.
ޣައްޒާގެ އެކި ދާއިރާތަކުގައި ބޭނުންކުރާ އެމްބިއުލާންސް ފްލީޓަށް ބަލާއިރު، ޖުމްލަ 200 އެމްބިއުލާންސްގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އުޅަނދު ޔަހޫދީން ވަނީ ހަލާކުކޮށްލާފައެވެ.
ދެން ތިބާ ސުއާލު ކުރާށެވެ! ޔަހޫދީން މިހާ ނުލަފާވެ ފަސާދަ އުފެއްދުމުގައި އަރާ މިތިބެނީ ކީއްވެގެން ހެއްޔެވެ؟





