ޔަހޫދީ ސިފައިން ލުބުނާނުގައި ހުރި އދ. ގެ 17 ކެމެރާއެއް ހަލާކުކޮށް ހެކި ނައްތާލައިފި

ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގެ މައި މަރުކަޒާ ގުޅިފައިވާ 17 ސަވައިލަންސް ކެމެރާއެއް އިސްރާއީލް ސިފައިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ހަލާކުކޮށްލާފައިވާ ކަމަށް އދ. ގެ ސަލާމަތީ އޮފިޝަލަކު ހޮނިހިރު ދުވަހު އޭއެފްޕީ އަށް މައުލޫމާތު ދީފިއެވެ. މި ކެމެރާތައް ހަލާކުކޮށްފައި ވަނީ ޔަހޫދީން ހިންގާފައިވާ ޖަރީމާތައް މި ކެމެރާތަކުން ރެކޯޑް ކށްފައިވާތިއެވެ،.

މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީ މުޖުރިމު ޓެރަރިސްޓް ދައުލަތާއި ހިޒްބުﷲ އާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން، ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ސުލްހަ ބަލަހައްޓާ އދގެ ޔުނިފިލް ފައުޖުތަކަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. ހިޒްބުﷲ އިން އިސްރާއީލަށް ހަމަލާތައް ދެމުން އުތުރު ސަރަހައްދު ހިޒުބުﷲގެ ބާރުިގެ ދަށަށް ގެނަސްފައި ވެއެވެ. އަދި އިސްރާއީލް ސިފައިން ދަނީ ލުބުނާނުގެ ބޯޑަރު ސަރަހައްދުގެ ރަށްތަކަށް ވަދެގަންނަމުންނެވެ.

ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން އޮފިޝަލް ބުނި ގޮތުގައި، "އަހަރެމެންގެ މައި މަރުކަޒުގެ 17 ކެމެރާއެއް ޔަހޫދީ ސިފައިން ވަނީ ހަލާކުކޮށްލާފައި" އެވެ. މި ހާދިސާ ހިނގާފައިވަނީ ލުބުނާނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ނަގޫރާގައެވެ.

 

ހިއްސާ ކުރައްވާ!