ޔަހޫދީންނަކީ ރާމާމަކުނުގެ ނަސްލުގެ ބައެއް ކަމަށް ބުނި ޔަހޫދީ މީހާ މަގާމުން ވަކިކޮށްފި

ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާނު ޒީވް އަގްމޯން، މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މަޣުރިބު ކަރައަށް ނިސްބަތްވާ ޔަހޫދީންނަކީ "ރާމާމަކުނު" ނަސްލުގެ ބައެއް ކަމަށް ސިފަކޮށް ދެއްކި ނަސްލީ ތަފާތުކުރުމުގެ ވާހަކަތަކަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށް ފަހުގައެވެ.

އަގްމޯން ވަނީ ނަސްލީ ތަފާތުކުރުމުގެ ވާހަކަތަކުގެ އިތުރުން، ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ މެންބަރުންނަށާއި، ނަތަންޔާހޫގެ އަންހެނުންނާއި ދަރިއަށް ވެސް ފާޑުކިޔާފައެވެ.

އަގްމޯން އޭނާގެ އަމަލުތަކަށް މާފަށް އެދުމުން އޭނާ މަގާމުގައި ބެހެއްޓުމަށް ޖެނޮސައިޑް މޭސްތިރި ނިންމިއެވެ. ނަމަވެސް، އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން އޭނާ ވަކިކުރަން މަޖުބޫރުވީއެވެ.

ހިއްސާ ކުރައްވާ!