ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ޔަހޫދީ ގްރޫޕެއްގެ އަތްދަށުން 160 އަށްވުރެ ގިނަ ކުދިން ސަލާމަތްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑު ޔަހޫދީ ނެޓްވޯކެއް ހިންގާ ޔަހޫދީ ގްރޫޕެއް ކަމަށްވާ "ލެވް ތަހޯރު" ގެ އަތްދަށުން 160 އަށްވުރެ ގިނަ ކުޑަކުދިން ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ، އިންޓަޕޯލް އިން ސަލާމަތްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މެކްސިކޯގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެ ގްރޫޕްގެ އިސް މެންބަރެއް ކަމަށްވާ އުމުރުން 35 އަހަރުގެ އިސްރާއީލު ޔަހޫދީއެއް ކަމަށްވާ ޔޮއެލް އަލްޓަރ ވަނީ ހައްޔަރުކޮށްފައެވެ. "ލެވް ތަހޯރު" އަކީ ދުނިޔޭގެ ފެންވަރުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެންމެ ބޮޑު ވިޔަފާރި އެއް ނެޓްވޯކް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އޮޕަރޭޝަނުގައި ސަލާމަތްކުރެވުނު 160 އަށްވުރެ ގިނަ ކުދިންނަކީ މި ގްރޫޕްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ، އެމީހުންގެ ބަންދުގައި ބިންގަރާހުގައިި ގެންގުޅުނު ކުދިންނެވެ. މިފަދަ ނުރައްކާތެރި އަދި ބޮޑު ޖަރީމާއެއް ހިނގާފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ މީޑިއާއި ސިޔާސީ ފަރާތްތަކުން މިކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާކަން ފާހަގަކުރެވެއެވެ.

މިފަދަ މީހުން ފިލަންދާ ތަނަކީ ޔަހޫދީ ޖެރީމްގެ ބާރުގެ ދަށުގައި އޮންނަ ހިފާފައިވާ ފަލަސްޠީނެވެ.

ހިއްސާ ކުރައްވާ!