1 ލައްކަ މީހުން އަގްސާގައި ސޮލީބީންނާއި ޔަހުދީންނާ ދެކޮޅަށް ބަދު ދުއާކޮށްފި

ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް މާތްވެގެންވާ ގުދުސްގައި 1 ލައްކައަށް ވުރެން ގިނަ މީހުން މަސްޖިދުލްއަގްސާގައި ހުކުރު ނަމާދުގައި ސޮލީބީންނާއި ޔަހޫދީންނާ ދެކޮޅަށް ބަދު ދުއާ ކޮށްފިއެވެ.

މަސްޖިދުލް އަގްސާގައި، އެއްލައްކައަށްވުރެ ގިނަ މީހުން ހުކުރު ނަމާދުގައި ބައިވެރިވެފައިވާ ކަމަށް އިސްލާމިކް ވަގުފް އިދާރާއިން ބުންޏެވެ. މިއީ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އެ މިސްކިތް އަލުން ހުޅުވި ފުރަތަމަ ހުކުރު ދުވަހެވެ.

ގުދުސްގެ މުގައްދަސް ސަރަހައްދުތައް ބަންދުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައިވެސް މުސްލިމުންނަށް މަސްޖިދުލްއަގްސާ އަށް ވަނުމަށް ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ.

ހިއްސާ ކުރައްވާ!