އިރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރޭގައި، ގަލްފްގެ އަރަބި ގައުމުތަކުން މީޑިއާގެ މިނިވަންކަން ހަނިކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ. ބަހްރޭން، ޔޫއޭއީ، ގަތަރު، ޖޯޑަން އަދި ކުވެއިތު ފަދަ ގައުމުތަކުން "ގައުމީ ސަލާމަތް" ބަހަނާއަކަށް ދައްކައި، މީޑިއާ ސެންސަރުކުރުން ވަނީ ވަރުގަދަކޮށްފައެވެ. މި ގައުމުތަކުން އެގައުމުތަކުގެ އުދުވާނީ ހަރަކާްތަތކާއި ލ؛ިބިފައިވާ ގެއްލުން ދައްކަން ބޭނުމެއް ނުވެއެވެ.
މި ފިޔަވަޅުތަކުގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑް ހާސިލްކޮށްފައިވާ ނޫސްވެރިޔާ އަހުމަދު ޝިހާބުއްދީން ވަނީ ހައްޔަރުކޮށްފައެވެ. ޕީބީއެސް، ނިއުޔޯކް ޓައިމްސް އަދި ބީބީސީ ފަދަ މަޝްހޫރު މީޑިއާގައި މަސައްކަތްކޮށްފައިވާ ޝިހާބުއްދީން ހައްޔަރުކޮށްފައި ހުންނަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާއަށް ގާނޫނީ އެހީތެރިކަން ލިބުމުގައި ރަސްތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
މިކަމާ ގުޅިގެން އާޝިޝް ޕްރަޝާރް އަދި ސީޕީޖޭގެ ސާރާ ޣުދާ ފަދަ ފާޑުކިޔުންތެރިން ވަނީ ޝިހާބުއްދީން ހައްޔަރުކުރުމަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ފަރާތްތަކުން ވަނީ އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލާފައެވެ. "މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމެއް،" ސާރާ ޣުދާ ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އެތައް ހާސް ނޫސްވެރިންނާއި އެކްޓިވިސްޓުންނެއް ވަނީ މި ގައުމުތަކުގައި ހައްޔަރުކޮށްފައެވެ.





