2026 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު މަސްޖިދުލް ޙަރާމްގައި އިމާމުވެ ކުރައްވާނީ އައްޝައިޚް މާހިރު އަލް މުޢައިޤްލީ

ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު މަސްޖިދުލް ޙަރާމްގައި އިމާމުވެ ކުރައްވާނީ އަދި ޢީދު ޚުޠުބާ ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް މާހިރު އަލް މުޢައިޤްލީ އެވެ. މިއީ މުޅި އިސްލާމީ އުންމަތުގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ އިމާމެކެވެ.

ޝައިޚް މާހިރު އަލް މުޢައިޤްލީއަކީ މަސްޖިދުލް ޙަރާމްގެ އެންމެ މަޝްހޫރު އެއް އިމާމެވެ.

އޭނާގެ ހިތްގައިމު އަދި މަޑުމައިތިރި ޤިރާއަތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުން އޭނާގެ ތިލާވަތްތައް އަޑުއަހައެވެ. މީގެ އިތުރުން، ޝެއިޚު ދެއްވާ ދީނީ ޚުޠުބާތަކަކީ އާދައިގެ ބަސްމަގުން، ނަމަވެސް ރޫޙާނީ ގޮތުން ފުން އަސަރުތަކެއް ކުރުވާ ޚުޠުބާތަކެކެވެ.

ޝެއިޚު އީނަމާދު ކުރެއްވުުމަކީ އިސްލާމީ އުންމަތުގެ ގިނަބަޔަކަށް ލިބުނު ތަސައްލީ އެކެވެ.

މީހުންގެ ބިރަކަށް ވެފައި އޮތީ ޓްރަމްޕް ނޫނީ ސޮލީބީ ސަހުޔޫނީ ފިކުރަށް ތާއީދުކުރާ މީހަކު އިސްވެ އީދު ނަމާދުކޮށްފާނެތީއެވެ. އެފަދަ ވާހަކަ ދައްކާފައިވާ ފަރާތްތަކުން އިމާމްވެ ނަމާދު ކުރުމުން މީހުންގެ ހިތުގައި ނުތަނަވަސްކަން އުފެދެއެވެ. މިދިޔަ ރޯދަމަހު ވެސް އެފަދަ ކަމެއް ހިނގާފައި ވެއެވެ.

ހިއްސާ ކުރައްވާ!