ސައޫދީ ތުރުކީ އާލުއްޝައިޚް މިހާރު ދެމަފިރިން ސުލްހަވެސް ކޮށްދެނީތަ؟ ކޮބާ ޙަޤީޤަތަކީ؟

ސައުދީ މީހުންގެ މުނިފޫހިފިލުވުމުގެ ސިނާއަތް ބަދަލުކޮށްލުމުގެ "ރަސްގެފާނު" އަދި ސައޫދީ އެންޓަޓެއިންމަންޓް އޮތޯރިޓީގެ ރައީސް ތުރުކީ އާލުއްޝައިޚަކީ ބޮޑެތި ބޮކްސިން މެޗުތަކާއި، ހޮލީވުޑްގެ އަގުބޮޑު ކޮންސެޓްތަކާއި، މިސްރުގެ އެންމެ ވަރުގަދަ ފިލްމީ އުފެއްދުންތަކަށް ބިލިއަނުން ފަންޑުކުރައްވާ ބޭފުޅެކެވެ. ނަމަވެސް، ސޯޝަލް މީޑިއާގެ ޚަބަރުތައް ހުރި ގޮތުން ނަމަ، މިހާރު އޭނާގެ މަސައްކަތްތައް ހުރީ މާ މަތީ ފަންތިއެއްގައެވެ.

މިސްރުގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ މީ ޢުމަރާއި ޔާސްމީން ޢަބްދުލްޢަޒީޒްގެ ދެމެދުގައި ޖެހުނު "އާއިލީ ނުވަތަ ފަންނީ ކޯޅުން" ސުލްހަކޮށްދޭން އާލުއްޝައިޚް ވަޑައިގަންނަވަން ޖެހުނު ކަމަށް ބުނުމުން، އޭނާގެ މަޤާމު މިހާރު "ކައިވެނި ސުލްހަކޮށްދޭ ގާޒީއެއްގެ" ފެންވަރަށް ވެއްޓުނީ ބާވައޭ ހީވެދާނެއެވެ!

މީސްމީޑިއާގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، މި ދެ ބަތަލާއިންގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރެވުނީ ސީދާ ތުރުކީ އާލުއްޝައިޚް މެދުވެރިއެއްގެ ދައުރު އަދާކުރައްވައިގެންނެވެ. ޚަބަރުތައް ހޫނުވެ، އޭނާއަކީ މިހާރު ދެމަފިރިންނާއި ރައްޓެހިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށްދޭ "ސުލްހަވެރިޔާ" ގެ ގޮތުގައި ސިފަކުރަން ފެށުމުން، އާލުއްޝައިޚަށް މަޖުބޫރުވީ ވަގުތުން މައިދާނަށް ނުކުންނަވާށެވެ.

އޭނާގެ ރަސްމީ ފޭސްބުކް އަދި އެކްސް އެކައުންޓުން މި ޚަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވަމުން، ވަރަށް ސާފު އަދި ކުރު އިބާރާތަކުން ވިދާޅުވިއެވެ.

"މިއީ މުޅިން ދޮގު ޚަބަރެއް! މި މައުޟޫޢާ ބެހޭ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެ، އަދި އަހަރެން މިފަދަ (އަމިއްލަ ކުދިކުދި) ކަންކަމުގެ ތެރެއަކަށް ވަންނާކަށް ނޫޅެން!" މެރިޖް ބްރޯކަރެއްގެ ބައި ކުޅުމުގެ ނިޔަތެއް ނެތްކަން މިވާހައިން ސާފުވިއެވެ.

މި އަޑުތައް ފެތުރެން ދިމާވީ، ޔާސްމީން ޢަބްދުލްޢަޒީޒް އަދި އަޙްމަދު އައްސައްޤާގެ އައު ސިނަމާ ފިލްމު "ޚައްލި ބާލަކަ މިން ނަފްސަކް" (ޔައުނީ: އަމިއްލައަށް ފަރުވާތެރިވާތި) ފިލްމަށް މީ ޢުމަރު ސޯޝަލް މީޑިއާގައި މަރުޙަބާ ކިޔުމާ ގުޅިގެންނެވެ. މީ ޢުމަރު، ޔާސްމީނަށް "އަހަރެމެން އެންމެން ލޯބިވާ ތަރި" އޭ ބުނެ އިންސްޓަގްރާމްގައި ކުރި ޕޯސްޓާއެކު، ސޯޝަލް މީޑިއާގެ ޖަސޫސުންގެ ދައުރު އަދާ ކުރާ އާންމުން ނިންމީ މިއީ މައްސަލަ ޖެހިފައިވާ މި ދެމީހުންގެ އަމިއްލަ ރުހުމުގައި ކުރި ކަމެއް ނޫން ކަމަށެވެ. މީގެ ފަހަތުގައި ސައޫދީ މުނިފޫހި ރަސްގެފާނުގެ ބޮޑު ނުފޫޒެއް އޮންނާނެ ކަމަށް ނިންމައި، ތުރުކީ އާލުއްޝައިޚަށް މިމީހުން "ސުލްހަކުރާ މީހާގެ" ލަގަބު ދީ ތާޖު އެޅުވީއެވެ.

ޙަޤީޤަތަކީ، ދުނިޔޭގެ ބޮޑެތި މުނިފޫހިފިލުވުމުގެ މަޝްރޫޢުތައް ރާވާ، އަދި ބިލިއަން ޑޮލަރުގެ ބަޖެޓުތައް މެނޭޖުކުރާ ސައޫދީ ވަޒީރަކު، ދެ ބަތަލާއެއްގެ ސޯޝަލް މީޑިއާގެ 'ސްޓޯރީސް' ތަކާއި، ރަމަޟާން މަހުގެ ޑްރާމާތަކުގެ ވިއުސްގެ މައްސަލައިގައި ޖެހިގެން އުޅޭ ކޯޅުންތައް ހައްލުކުރަން ހުސްވަގުތު ހޯއްދަވާނެ ކަމަށް ހީކުރުމަކީ މޮޔައެކެވެ.

ވައްހާބީ އަޤީދާގެ އެންމެ އިސް ޝެއިޚު މުހައްމަދު ބިން އަބްދުލްވައްހާބުގެ ހޫރު ކާފަ ދަރިފުޅު އާލުއްޝައިޚް މާ ބިޒީވާނެ ކަން ޔަގީނެވެ!

ހިއްސާ ކުރައްވާ!