ނޭޕާލްގެ ފެންބޮޑުވި ސަރަޙައްދުތަކުން ޚަބަރު ފެތުރުމަށް ބޭރުގެ ނޫސްވެރިންނަށް ޚާއްޞަ ހުއްދައެއް ނަގަންޖެހޭނެ

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާ ކުރިމަތިވެފައިވާ ތްރިޝޫލީ ކޯރުތަކުގެ ސަރަޙައްދުތަކުން ޚަބަރު ފެތުރުމާއި މަޢުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާ ބޭރުގެ މީޑިއާގެ ނޫސްވެރިން ނޭޕާލްގެ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން ޕްރެސް އެކްރެޑިޓޭޝަނާއި ނޫސްވެރިންގެ ކާޑު ހޯދަންޖެހޭގޮތަށް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ. މި އައު އިންތިޒާމުތަކާ ގުޅޭގޮތުން ނެރެފައިވާ ރަސްމީ ބަޔާނުގައިވާ ގޮތުން، ކާރިސާގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ގޮސް ރިޕޯޓުކުރަން ބޭނުންވާ ބޭރުގެ ކޮންމެ ނޫސްވެރިއަކުވެސް އެ އިދާރާގެ އޮންލައިން ޚިދުމަތް މެދުވެރިކޮށް ރަސްމީކޮށް ހުށަހަޅަންޖެހޭނެއެވެ.

މި ހުއްދައަށް އެދި ހުށަހަޅާއިރު، ޕާސްޕޯޓުގެ ކޮޕީއަކާއި ސައްޚަ ވީޒާއެއް ނުވަތަ ޤައުމަށް ވަނުމުގެ ހުއްދަ ހުށަހަޅަންޖެހޭއިރު، އެ ނޫސްވެރިއެއްގެ މަސައްކަތާ ގުޅުންހުރި މީޑިއާ މުއައްސަސާއަކުން ނޭޕާލްގެ އިންފޮމޭޝަން ޑިޕާޓްމަންޓަށް ފޮނުވާ ރިކޮމެންޑޭޝަން ސިޓީއެއްވެސް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން، އެ ނޫސްވެރިޔާގެ ޤައުމުގެ އެމްބަސީން، ކޮންސިއުލަރ އޮފީހުން ނުވަތަ ޚާރިޖީ ވުޒާރާއިން ދޫކުރާ ލިޔުމެއްވެސް ހުށަހަޅަންޖެހޭކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ހުށަހެޅޭ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލްގެ ފަރާތުން ދޫކުރާ އެކްރެޑިޓޭޝަން ދޫކުރާނެ ކަމަށާއި، މި ހުއްދައިގެ މުއްދަތަކީ 15 ދުވަސް ކަމަށް ބުނެފައި ވެއެވެ.

ގޯޚާ ސަރަޙައްދަށް ކުރިމަތިވި ކާރިސާތަކާ ގުޅިގެން ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުދިގަންދަކީ ކޯރުގެ ވަށައިގެންވާ ސަރަޙައްދުތަކަށްވެސް ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައެވެ.

ޗުމަނުބްރީ ރޫރަލް މުނިސިޕަލްޓީ ހިމެނޭ ސަރަޙައްދަށް ފޭބި ގަނޑުފެންގަނޑުގެ ސަބަބުން މިހާރުވެސް ގެތަކާއި ބްރިޖުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީވެ، ބޭރުގެ މީޑިއާއަށް މި ސަރަޙައްދުތަކަށް ވަދެވޭނީ ހަރުކަށި އުޞޫލުތަކެއްގެ މަތިންނެވެ. ނޫސްވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ޑިޕާޓްމަންޓުގައި ޚާއްޞަ ހެލްޕް ޑެސްކެއް ޤާއިމުކޮށްފައިވާނެ ކަމަށްވެސް ވަނީ ބުނެފެވެ.

ހިއްސާ ކުރައްވާ!