ޕޮލެންޑްގައި ވެރިންނަށް ހަމަލަ ދޭން އުޅޭތީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފި

ޕޯލަންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް އާއި ދިފާއީ ވަޒީރު ވްލާޑިސްލާވް ކޮސިނިއަކް-ކާމިޝްއަށް އަމާޒުކޮށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ އިސް އޮފިޝަލުން ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.

ޕޯލަންޑުގެ އިންޓާނަލް ސެކިއުރިޓީ އޭޖެންސީގެ އެންޓި-ޓެރަރިޒަމް ސެންޓަރުގައި ބޭއްވި މި ބައްދަލުވުން ބޭއްވީ، ސަރުކާރުގެ އިސްވެރިންނަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ހިމެނޭ އީމެއިލްއެއް ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ. މި ނުރައްކަލުގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް، މި ދަނޑިވަޅަކީ އެ ގައުމުގެ ސްކޫލްތަކުގައި ވަޅިން ނުރައްކާތެރި ހަމަލާތަކެއް ދެމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ވަގުތެކެވެ.

ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ޕޯލަންޑުގެ ސްކޫލްތަކުގައި ތޫނު އެއްޗެތި ބޭނުންކޮށްގެން ދިން ތިން ހަމަލާއެއްގައި އެކަކު މަރުވެ، ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އެންމެ ފަހުން ދިން ހަމަލާގައި ވެރިރަށް ވާރްސޯގެ ކޮލެޖެއް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ދެ އަންހެން ކުދިންނާއި އަންހެނަކު ވަނީ ޒަޚަމްކޮށްލާފައެވެ.

މި ހަމަލާތަކާ ގުޅިގެން ފުލުހުން ވަނީ ނުރައްކާތެރި ހަތިޔާރު ގެންގުޅުމާއި ސްކޫލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި މުޅި ގައުމުން 117 މީހަކު ހައްޔަރުކޮށްފައެވެ. އަދި މާޒޯވިއާ ސަރަހައްދުގެ ގާތްގަނޑަކަށް 64,000 ސްކޫލެއް ވަނީ ބަލައި ފާސްކޮށްފައެވެ.

ޕޯލަންޑުގެ ބޮޑުވަޒީރު ޓުސްކް ވިދާޅުވީ މި ހަމަލާތަކަކީ ސައިބާ ސައިޓްތަކާއި މީސް މީޑިއާ މެދުވެރިކޮށް އަނިޔާވެރިކަން އިޝްތިހާރުކުރުމުގެ ސަބަބުން ކުއްލިއަކަށް ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ. އަދި ހައްޔަރުކުރެވުނު ބައެއް މީހުންނަކީ ހަރުކަށި ކަނާތުފިޔައިގެ ފިކުރުތަކަށް ތާއީދުކުރާ މީހުން ކަމަށާއި، އިންޓަނެޓުގައި ނާޒީ ފިކުރާއި އަނިޔާވެރި އަމަލުތައް ހިންގާ މީހުން ހޯދުމަށް އަތްފުނާއެޅުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕޯލަންޑަކީ އާންމުކޮށް އަނިޔާވެރި ކުށްތައް މަދު ގައުމެއް ނަމަވެސް، ޔުކްރޭން ހަނގުރާމަ ހިނގާ ސަރަހައްދާ ކައިރިވުމުގެ ސަބަބުންނާއި ސިޔާސީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެ ގައުމުގެ ސަލާމަތީ މަސްރަހު ވަނީ ސީރިއަސްވެފައެވެ. މީގެ ކުރިން އޮގަސްޓް މަހުވެސް ސިޔާސީ އިސްވެރިން އަވަހާރަކޮށްލަން ގޮވާލި 23 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!