އަޔަރުލެންޑަށް ޒިޔާރަތްކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަށް ފަލަސްޠީނަށް ތާއީދުކުރާ މުޒާހަރާކުރާ ފަރާތްތަކުން ހުރަސްއަޅައި، އޭނާގެ އުޅަނދުކޮޅަށް އެއްޗެތި އުކައި ހަދައިފިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، 83، އާއި ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަން އަޔަރލެންޑްގެ ޑަބްލިންގައި ހުންނަ ޓްރިނިޓީ ކޮލެޖަށް ކުރެއްވި ޒިޔާރަތަކަށްފަހު ވަޑައިގަންނަވަނިކޮށް، ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކަކުން ވަނީ އޭނާ އާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އަޔަރުލެންޑްގެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ބައިޑަންގެ ދަރިކަލުން ހަންޓަރ ބައިޑަން އަށް ޓްރިނިޓީ ކޮލެޖުން ދިން ޝަރަފުވެރި މެޑެލްއެއް ހަވާލުކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެތަނުން ނުކުމެވަޑައިގެންނެވި ވަގުތުއެވެ.
ކުރީގެ ރައީސް އިމާރާތުން ނުކުމެވަޑައިގަތުމާއެކު، ބޭރުގައި އެއްވެ ތިބި ފަލަސްޠީނުގެ ޖެނޮސައިޑާ ދެކޮޅު މީހުން ވަނީ އޭނާ ރޭރުވައި އަޑުގަދަކޮށް ހަދާފައެވެ. އަދި އޭނާގެ އުޅަނދުކޮޅަށް އަމާޒުކޮށް ފުޅި އުކާފައެވެ.
މުޒާހަރާގެ ބައިވެރިންވަނީ ބައިޑެން އަކީ ޖެނޮސައިޑް ލެއިން ތަތްތެޅިފައިވާ މީހެއް ކަމަށް ގޮވައި ހަދާފައެވެ.
ބައިޑަން އަކީ ޒަޔަނިސްޓު ރެޖީމަށް ތާއީދު ކުރުމުގައި ސާބިތުކޮށް ހުރި މީހެއް ކަމަށް އޭނާގެ ސިޔާސީ މަސައްކަތުގައި ބުނެ އެކަން ބަހާއި އަމަލުން ސާބިތުކޮށްދީފައެވެ.
އަދި އޭނާ ބުނެފައި ވަނީ އޭނާ އަކީ ޔަހޫދީ ގައުމުގެ ހިމާޔަތުގައި މަސައްކަތް ކުރާ ޒަޔަނސިްޓެއް ކަމަށެވެ.
އަދި އޭނާ ބުނެފައި ވަނީ އެމެރިކާގެ މެދުއިރުމަތީގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އިސްރާއީލު ނެތް ނަމަ އިސްރާއީލެއް އުފައްދަން ޖެހުނީސް ކަމަށެވެ.
މިހާރު މިމީހާ އަކީ ކެންސަރާ ހަނގުރާމަ ކުރަމުންދާ ސުއްދާނު ނުހިފޭ މީހެކެވެ.

