ކަލްކަތާގެ އެއާޕޯޓުގައި އޮތް އެއާ އިންޑިއާގެ ބޯޓެއްގައި ހައިޖެކްކުރާނެ ކަމުގެ އިންޒާރެއް އޮތް ކަމަށް ބުނާ ސިޓީއެއް ފެނުމާ ގުޅި، ބޯޓު އެކަހެރިކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. މި ބޯޓު ފުރަން ތައްޔާރުވީ މުމްބާއީއަށެވެ.
ހައިޖެކް ކުރާނެ ކަމުގެ އިންޒާރުގެ ސިޓީ ފެނުމާ ގުޅިގެން، ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުން ބޭލުމަށްފަހު ބޯޓު ރައްކާތެރި ސަރަޙައްދަކަށް އެކަހެރިކޮށްފިއެވެ.
ކަލްކަތާ އެއާޕޯޓުގެ ޑިރެކްޓަރު ވިކްރަމް ސިންގް ވިދާޅުވި ގޮތުގައި، މި ސިޓީ ފެނިފައިވަނީ ބޯޓު ފުރުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ފަތިހުގެ ވަގުތެއްގައި ފުރަން ހަމަޖެހިފައި އޮތް މި ފްލައިޓް ވައިފޭރިގަންނާނެ ކަމަށް އެ ސިޓީގައި ބުނެފައިވަނީ ހެނދުނު 11:10 ޖަހާއިރު ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދީފައިވެއެވެ.
މި ޚަބަރު ލިބުމާއެކު، އެއާޕޯޓުގެ ސަލާމަތީ ބާރުތަކުން ވަނީ ރައްކާތެރި ފިޔަވަޅުތައް އަޅައި، ބޯޓު ވައިގެ ބަނދަރުގެ ޚާއްސަ އެކަހެރިކޮށްފައިވާ ސަރަޙައްދަށް ބަދަލުކޮށްފައެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެން ފޭބުމަށް އެންގުމަށްފަހު، ސިފައިންނާއި ބޮމު ނައްތާލާ ޓީމުތައް ގުޅިގެން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ބޯޓު ފަރުވާތެރިކަމާއެކު ޗެކްކުރަން ފަށާފައެވެ.





