ރާއްޖޭގެ ތަރައްޤީއާއި ތިޔާގި ކަމަށް އިންޑިއާގެ ގުޅުމަކީ، ކޮންމެހެން ބޭނުންތެރި ޕާޓްނާޝިޕެއް: ރައީސް ޑރ. މުޢިއްޒު

އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮތް ފުން އަދި ސްޓްރެޓެޖިކް ގުޅުން އަލުން ކަށަވަރުކޮށް ދެއްވައި، ރާއްޖޭގެ ތަރައްޤީއާއި ތިޔާގި ކަމަށް އިންޑިއާގެ ގުޅުމަކީ، ކޮންމެހެން ބޭނުންތެރި ޕާޓްނާޝިޕެއް ކަމަށް ވިދާޅުވެ އިންޑިއާގެ ލީޑަރޝިޕަށް މެސެޖު ފޮނުއްވާފައެވެ.

އިންޑިއާގެ ރައީސް ޑްރޫޕަޑީ މުރުމު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދެބޭފުޅުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކިވަކިން ފޮއްވި ދެ ޚިތާބުގައި، ރައީސް މުއިއްޒު ވަނީ ދެ ބޭފުޅުންނަށްވެސް މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދެޤައުމުގެ ގުޅުން ބައްޓަން ވެގެން ގޮސްފައިވާ، ޒަމާންވީ އެކުވެރިކަމަށް އަލިއަޅުވާލައްވާފައެވެ.

“އަޅުގަނޑުމެންގެ ތަރައްޤީގެ ދަތުރުގައި އިންޑިއާއަކީ އަގު ނުކުރެވޭ ވަރުގެ ބައިވެރިއެއް.” ރައީސް ޑރ. މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވެފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި ގޮތުގައި ދެގައުމުގެ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމު ކުރުމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި އެ ގުޅުން ވަނީ، ގާތް އެކުވެރި، އެއްބާރުލުންދޭ ގުޅުމަކަށް ބަދަލުވެފައި ކަމަށެވެ. އަދި މި ބަދަހި ގުޅުމަކީ، ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއެރުވުމަށާއި، ރާއްޖޭގެ ޖުމްލަ ތަނަވަސްކަމަށް އެހީތެރިވެދޭ ޕާޓްނަރޝިޕެއް ކަމަށެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައިވެސް، އިންޑިއާއާއި ރާއްޖޭގެ ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ސަރަޙައްދީ އަދި ދާޚިލީ ގޮންޖެހުންތައް ކުރިއަށް ގެންދިއުމުގައި ދެ ޤައުމުގެ ގުޅުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މެސެޖުގައި ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ލީޑަރުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށާއި އިންޑިއާގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަން ދެމިއޮތުމަށް އެމަނިކުފާނުގެ އިޚުލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ މިނިވަން ދުވަހުގެ ޚިޠާބަކީ އިންޑިއާއާ އެކު ރާއްޖެއިން ދަމަހައްޓާ ސްޓްރެޓެޖިކް ގުޅުމުގެ ސާބިތުކަން ކަށަވަރުކޮށްދޭ ޚިޠާބެކެވެ.

ހިއްސާ ކުރައްވާ!