ޔުކްރެއިންގެ ސުލްޙައަށް އިންޑިއާއިން ކުރި މަސައްކަތުގެ ތަފްޞީލު ދެއްވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއެކު އިންޑިއާގެ ޤައުމީ ސަލާމަތާ ބެގޭ މުޝީރު އަޖިތު ޑޯވަލް ބައްދަލުމެއް ބާއްވަވައިފިއެވެ.
ރައީސް ވްލަޑިމިއާ ޕޫޓިން އާއި ޑޯވަލްގެ ބައްދަލުވުން އޮތީ ބްރިކްސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ކޮންފަރެންސަށް ޑޯވަލް ކުރެއްވި ދަތުރާއެކުގައެވެ.
ކޮންސްޓަންޓިނޯވްސްކީ ޕެލަސްގައި އޮތް ބައްދަލުވުމުގައި މޮދީގެ ޔުކްރެއިންގެ ދަތުރުފުޅުގެ ތަފްޞީލު ދެއްވިއެވެ. އަދި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތްޕުޅުން ޕޫޓިންއަށް މެސެޖެއް ވވެސް ފޯރުކޮށްދެއްވިއެވެ.
އިންޓަވިއުއެއްގައި ޑޯވަލް ވިދާޅުވީ ޕޫޓިންއާއެކު ބޭއްވެވި ބައްދަލުވުން އޮތީ ރަޙުމަތްތެރިކަމުގެ މާޙައުލެއްގައި ކަމަށެވެ.