ކަންފަތު މުންޖަކާ ހެދި ކަމެލާ ހެރިސް މަކަރު ހެދިކަމަށް ތުހުމަތުކޮށްފި

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސް ރޭ، ކުރީގެ ރައީސް އަދި އެމެރިކާގެ އިންތިޚާބަށް ރިޕަބްލިކަން ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ އެކު ކުރި ބަހުސްގައި ކަންފަތުލާ އެއްޗަކަށް ބޭނުންކޮށްފައި ވަނީ އަޑު އެހުމަށް ބޭނުން ކުރާ އާލާތެއް ކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

ބަހުސް ނިމުނުތާ މާގިނައިރުތަކެއް ނުވެ މިސްމީޑިއާގައި ކަންފަތުލާ އެތީގެ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތައް ދައުރުކޮށް އަނބުރާފައި ވެއެވެ. މީހުން ދެކެނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ނާޖާއިޒު ގޮތަކަށް މަކަރު ހެދުމަކާއި އޮޅުވާލުމުގެ ގޮތްތައް ބޭނުން ކުރީ ކަމަށެވެ.

“އެކްސް”ގައި މީހުން ބުނަނީ ހެރިސްގެ ކަންފަތު މުންޖަކީ ސިއްރު ޑިވައިސްއެއް ކަމަށެވެ. އަދި އެއީ ހައި ޓެކްނޮލޮޖީގެ އާލާތެއް ކަމަށެވެ.

ޓްރަމްޕް ސަޕޯޓަރުން ބުނަނީ އެއީ “ނޯވާ އެޗް1” ހެޑްފޯންގެ ވައްތަރެއް ކަމަށެވެ. އެހެން ބަޔަކު ބުނެފައި ވަނީ އެއީ ގަހަނާ އުފައްދާ ޓިފަނީ އެންޑް ކޯ އިން އުފެއްދި ކަންފަތު މުންޖެއް ކަމަށެވެ.

ކަންފަތު މުދި ބޭނުން ކޮށްގެން ސިއްރުން ޖަވާބުތައް ލިބިގަންނަނީ

ރިއާސީ ބަހުސްގައި މަކަރު ހެދުމަކީ އައު ކަމެއް ނޫނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށްވެސް 2020 ވަނަ އަހަރު ބަހުސްގައި މަކަރު ހެދިކަމަށް ތުހުމަތު ކުރެވުނެވެ. މިވެރިން ބޮޑުކަމުން ނިޒާމު މިމީހުންނަށް ފައްސިޔައިގައި ދާހައި ހިނދަކު، މިއިން ކަމެއް ތަހުގީގުކޮށް ސާބިތެއް ނުކުރެވެއެވެ.

ހިއްސާ ކުރައްވާ!